-8402fff9.png)
ސައިފުﷲ އަލީ
-9d7580fb.jpg)
ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރި ފަސްތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ހޮޓާ ހުޅުވުމުގެ މުނާސަބަތުގައި ހުޅުމާލޭގައި ހަވާއެރުވުމުގެ ޚާއްޞަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ މާލެ ސަރަޙައްދުގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ހޮޓަލެވެ.
އެސްޓީއޯ ސިޓީ ހޮޓާ އިމާރާތް ކުރަން ކުރިން ބޭނުންކުރި ބިމުގައި ތަރައްޤީކުރި މި ހޮޓާ ގާއިމުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ކޮޅުގައި، ވެމްކޯ ސަރަހައްދު ކައިރީގައެވެ. ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތް މި އިމާރާތުގެ މަސައްކަތް ނިންމައި ހޮޓާ ހުޅުވާފައިވަނީ 11 މަސްދުވަހުގެ ތެރޭގައެވެ.
މި ހޮޓަލަކީ 9 ފްލޯއަށް ބަހާލައިގެން 162 ކޮޓަރިއާއެކު ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑަކާއެކު 4 ރެސްޓޯރަންޓް މި ހޮޓަލުގައި ހިމެނެއެވެ.
ތަފާތު އިވެންޓްތަކާއި ޖަލްސާތައް ބޭއްވުމަށް ޚާއްޞަކޮށްގެން ޖާގަ ތަނަވަސް 3 މާލަން މި ހޮޓަލުގައި ވަނީ ތައްޔާރުކޮށްފައެވެ. އެކި ކަހަލަ ބައްދަލުވުންތައް ބޭއްވުމަށް ބުކިން ހެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ހޮޓަލުގައި ސްވިމިންގ ޕޫލާއި، ޖިމާއި، ސްޕާގެ ޚިދުމަތްވެސް ލިބެން މުންނާނެއެވެ. މަންހަޓަން ގްރޭންޑް ހޮޓެލްގެ މަސައްކަތް ކުރުމަށާއި އެތަން ހިންގުމަށް ހަވާލުކޮށްފައިވަނީ ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި ހޮޓަލާއެކު އެގްރިމަންޓް ހެދުމަށް 12 އެއާލައިނަކުން ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓްރާންސިޓް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ ތަނެކެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-e780e747.jpg)
5 މަސް ކުރިން

6 މަސް ކުރިން