-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިމާރާތް ކޮށްފައިވާ ވަގުތީ މަސް މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 29 ވާ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން މެއި މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށެވެ.
މި މާރުކޭޓުން ގޮޅިތައް ކުއްޔަށް ދޫކުރާނެ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުންނެވެ. އެޗްޑީސީން ބުނީ އެތަން ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައެޅިގެން ދާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުން ކަމަށެވެ.
މި ގުރުއަތު ނެގުން އޮންނާނީ މެއި މަހުގެ 17 ވަނަ ދުވަހުގައެވެ. ގުރުއަތުލުން ކުރިއަށްދާނެ ތަނުގެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

18 ދުވަސް ކުރިން

27 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-9933aaea.jpg)
3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން