-8402fff9.png)
މިރާޝް މޫސާ

ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރާ ބައްދަލުކުރައްވަނީ ---
އިންޑިއާއިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދީފައިވާ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން ފަސްކޮށްދީފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްޓޭޓް ބޭންްކް އޮފް އިންޑިއާ މެދުވެރިކޮށް ޓީބިލްގެ ގޮތުގައި ނަގާފައިވާ އެ ފައިސާ އަނބުރާ ދެއްކުން ފަސްކޮށްދީފައިވަނީ އަހަރު ދުވަަހަށް ކަމަށެވެ.
މިއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުރީކޮޅު އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރުގެ ބައެކެވެ. މީގެ ތެރެއިން 50 މިލިއަން ޑޮލަަރަކީ ހިލޭ އެހީއެވެ. އަނެއް 150 މިލިއަން ޑޮލަރު ނަގާފައިވަނީ އެސްބީއައި މެދުވެރިކޮށް ޓީބިލްގެ ގޮތުގައެވެ.
މީގެ ތެރެއިން 50 މިލިއަން ޑޮލަރު ސަރުކާރުން މި އަހަރު ތެރޭގައި ވަނީ ދައްކާފައެވެ. އަނެއް 50 މިލިއަން ޑޮލަރު މި މަހު ދައްކަން ޖެހޭއިރު، އަންނަ ސެޕްޓެންބަރަށް ތިންވަނަ ޓީބިލް މެޗުއާ ވާނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެހީ ހަމަޖެހިފައިވަނީ ވަޒީރު މޫސާ ޒަމީރު މިމަހުގެ އަށަކުން 10އަކަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމަށް ފަހު ކަމަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިކަމާ ގުޅިގެން ނެރުނު ބަޔާޏުގައި ވާގޮތުން ރާއްޖޭގެ ޓީބިލް އެސްބީއައި އިން ނަގާފައިވަނީ ދެގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ޚާއްސަ އިންޓްރެސްޓް ފްރީ އިންތިޒާމެއްގެ ދަށުން ކަމަށެވެ.
މިދިޔަ ސަރުކާރުގައި އެންމެ ގިނަ ލޯނުތަކެއް ނަގާފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ފޯރުކޮށްދީފައިވާ ކްރެޑިޓް ފެސިލިޓީތަކުގެ ޖުމްލަ ދެ ބިލިއަން ޑޮލަރާ މިހާަރު ގާތްކުރެއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން

3 މަސް ކުރިން
-3c59b350.png)
3 މަސް ކުރިން

3 މަސް ކުރިން
-02de7158.png)
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން