-8402fff9.png)
މި ސަރުކާރުން އިފްތިތާހުކޮށްފައިވާ "5 މިލިއަން ގަސް" އިންދުމުގެ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ ކެރެލާ ސްޓޭޓުން 1,200 ކުދި ގަސް ހަދިޔާކޮށްފި އެވެ.
ކެރެލާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ކެރެލާގެ ފަރާތުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 600 އަނބު ގަހާއި 600 "ޓީކް" ގަހެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކެރެލާގެ ފޮރެސްޓު މިނިސްޓަރު ޝިބޫ ބޭބީ ޖޯން އެވެ.
މިއީ ދިވެހިރާއްޖޭގެ ތިމާވެށީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށާއި، ރަށްގިރުމުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިންޑިޔާއިން ވެދީފައިވާ އެހީއެކެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ގަސްތަކާ ހަވާލުވެވަޑައިގަތީ ކެރެލާގައި ހުންނަވާ ރާއްޖޭގެ ކޮންސުލް ޖެނެރަލް އާމިނަތު ޝިފާނާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިބޫ ބޭބީ ޖޯން ވިދާޅުވީ، ރާއްޖޭގެ މި މުހިންމު މަޝްރޫޢުގައި ބައިވެރިވެވުމަކީ ލިބުނު ފަޚުރެއް ކަމަށާއި، މިކަމުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
ކޮންސުލް ޖެނެރަލް އާމިނަތު ޝިފާނާ ވަނީ ކެރެލާއިން ދެއްވި މި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި އެހީއަކީ 2025 ވަނަ އަހަރުގެ ޖުލައި 25 އިން 26 އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ގަސް ފޯރުކޮށްދޭނެކަމަށް ވެވަޑައިގެންނެވި އިޢުލާނާ އެއްގޮތަށް ލިބުނު އެހީއެކެވެ.
މި މަޝްރޫޢުގެ ދަށުން ހަދިޔާކުރި 600 އަނބު ގަސް ހައްދާފައިވަނީ ތިރުވަނަންތަޕޫރަމްގެ ވެއްލަޔާނީ އެގްރިކަލްޗަރަލް ކޮލެޖުންނެވެ. އަދި 600 ޓީކް ގަސް ހައްދާފައިވަނީ ކުލަތުޕުޒާ ސެންޓްރަލް ނާސަރީގަ އެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން