-8402fff9.png)
ފާތިމަތު މިޝްކާ

ރައީސް މުއިއްޒު އިންޑިޔާގެ ބޮޑުވަޒީރު މޯދީއާއެކު
އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ދިވެހިރާއްޖެއަށް ދޫކުރާ 48.50 ބިލިއަން ރުޕީސް (506.58 މިލިއަން ޑޮލަރު) ގެ ކްރެޑިޓް ލައިން އޮގަސްޓު މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަމަލީގޮތުން ހިނގަން ފަށާފައިވާކަމަށް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އިން ހާމަކޮށްފި އެވެ.
އާރު.ބީ.އައި އިން ބުނި ގޮތުގައި މި ފެސިލިޓީ ބޭނުންކުރާނީ މަދުވެގެން 5 ބިލިއަން ރުޕީސްގެ ވަކިވަކި ކްރެޑިޓް އެއްބަސްވުންތަކެއްގެ ދަށުންނެވެ. މީގެ ސަބަބުން މި ފެސިލިޓީގެ ދަށުން ވަކިވަކި މަޝްރޫއުތަކަށް ބޭނުންވާ ލޯނު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ މުދަލާއި، މަސައްކަތްތަކާއި އަދި ހިދުމަތްތަކުގެ މަދުވެގެން 75 އިންސައްތަ ހޯދަން ޖެހޭނީ އިންޑިއާގެ ކުންފުނިތަކުންނެވެ. ބާކީ 25 އިންސައްތަ އިންޑިއާ ނޫން އެހެން ގައުމުތަކުން ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.
އިންޑިއާގެ މަރުކަޒީ ބޭންކުން ބުނި ގޮތުގައި އެކްސްޕޯޓް ކުރުމުގައި ދޭންޖެހޭ އެޖެންސީ ކޮމިޝަންތައް ދެއްކުމަށް މި ކްރެޑިޓް ލައިން ބޭނުމެއް ނުކުރެވޭނެއެވެ.
ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށްޓަކައި އެގްޒިމް ބޭންކް މެދުވެރިކޮށް ކްރެޑިޓް ލައިނެއް ދިނުމަށް އިންޑިއާއިން އެއްބަސްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން