-8402fff9.png)

މާލޭގެ ބައެއް ފާމަސީތައް
ކޮލިޓީ ބޭސް ހެޔޮއަގުގައި ރާއްޖެ ގެނެސް އަގުހެޔޮކޮށް ވިއްކުމުގެ ސިޔާސަތު މިއަދުން ފެށިގެން ތަންފީޒުކުރަން ފަށައިފިއެވެ.
އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބަދަލު ތަންފީޒުކުރެވޭނީ ދެ މަރުޙަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާގައި ޑޮކްޓަރުން އެ ބަދަލަށް އަހުލުވެރި ކުރެވޭނެއެވެ. ދެވަނަ މަރުޙަލާގައި މުޅި ނިޒާމު ބަދަލުކޮށް އެންމެ ފުރިހަމައަށް އެ ބަދަލު ތަންފީޒުކުރެވޭނެއެވެ.
ފުރަތަމަ ބޭސްތަކުގެ ގޮތުގައި އެސްޓީއޯއިން ވަނީ ޔޫރަޕް ކޮލިޓީގެ 7 ބާވަތެއްގެ އަސާސީ ބޭސް ރާއްޖެ ގެނެސްފައެވެ. އަދި އިތުރު 3 ބާވަތެއްގެ ބޭސް އަވަހަށް ގެނެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މި ބޭސްތައް ވިއްކަނީ މިހާރު އަމިއްލަ ފަރާތްތަކުން ވިއްކާ އަގަށްވުރެ ހެޔޮކޮށެވެ.
ރާއްޖޭގައި ބޭހުގެ އަގު ދުނިޔޭގެ އެހެން ޤައުމުތަކަށް ވުރެ 15 ގުނަ އަދި މި ސަރަޙައްދުގެ ޤައުމުތަކަށް ވުރެ 70 ގުނަ ބޮޑެވެ. މި ބަދަލާއެކު ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް އަތްފޯރާފަށުގައި ލިބޭނެ މަގު ތަނަވަސްވާނެ ކަމަށް ބެލެވެއެވެ.
މި ވަގުތު ރާއްޖެއަށް 1,600 އަށްވުރެ ގިނަ ބާވަތުގެ ބޭސް އެތެރެކުރުމުގެ ހުއްދަ އޮތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް، ރާއްޖޭގެ އާބާދީ ކުޑަވުމުގެ ސަބަބުން ބޭސް އުފައްދާ ކުންފުނިތަކުގެ ޝައުޤުވެރިކަން ކުޑަކަން ފާހަގަކޮށްފައިވެއެވެ.
އެ ބަޔާނުަގައި ބުނީ އެ ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު، ފެންވަރު ރަނގަޅު ބޭސް ރާއްޖެއިން ހުސްނުވެ ލިބޭނެ ކަމަށެވެ. އަދި، އާސަންދައިން އެ ބޭސްތަކަށް ފުލް ކަވަރޭޖް ލިބޭނެ ކަމަށެވެ.

15 ދުވަސް ކުރިން

25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން