-8402fff9.png)
ޢާއިޝަތު ޖަނާ ޝަރީފް

ފުލުހުން -- ޕޮލިސް މީޑިއާ
މީހަކު ގެޔަކަށްވައްދައި ބަރަހަނާކޮށް، ބިރުދައްކައިގެން ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭ ގެޔަކަށް މީހަކު ވައްދައި ބަރަހަނާ ކޮށް، ބިރުދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދައިގެން އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލައެއް މިދިޔަ ބުދަ ދުވަހު އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރު ކޯށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި 43 އަހަރުގެ އަންހެނެކެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ދެ ފިރިހެނުންގެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އެކަކު 30 ދުވަހަށް އަދި ދެވަނަ މީހާ 60 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށަްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރު ކުރި އަންހެން މީހާއަކީ އެ މައްސަލައިގައި ގެއްލިގެން ހޯދަމުން ދިޔަ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން ތަހުގީގު ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވަ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ތަފާތު އެކި ގޮތްގޮތަށް ފޭރޭ މައްސލަތަށް މި ފަހަކަށް އައިސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެހެންވެ ފުލުހުންވެސް އަންނަނީ އެކަމަށް ސަމާލުވުމަށް އެދެމުންނެވެ
-dcc61562.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން