-8402fff9.png)
ސައިފުﷲ އަލީ

ތެލަސީމިއާ ކޮންޓްރޯލް ކުރުމަށް އެކުލަވާލި މާސްޓާ ޕްލޭނާ ބެހޭ ވޯކްޝޮޕުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވާހަކަދައްކަވަނީ
ތެލެސީމިއާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ތެލަސީމިއާ ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީން އެކުލަވާލި 10 އަހަރު ދުވަހުގެ ފްރޭމްވޯކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ވޯކްޝޮޕުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ތެލެސީމިއާގެ މައްސަލައަކީ، ގައުމީ މުހިއްމު މައްސަލައެއް ކަމަށާއި، އެ ބަލި މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެކަމަނާ ވިދާޅުވީ، މިހާރު ރާއްޖޭގައި 955 ކުއްޖަކު ތެލެސީމިއާ ބަލި ހުރިކަމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން 666 ކުދިންނަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި 14 ކުދިން ބޯންމެރޯ ހަދަން ފޮނުވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ތެލަސީމިއާގެ ފަރުވާއަށް ބޭނުންވާ މަތީ ފެންވަރުގެ އިންތިޒާމުތަކާއި، ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކުރުމާއެކު، މީގެ ކުރިން އެއްވެސް ސަރުކާރަކުން އެ ބަލި ކޮންޓްރޯލް ކުރުމަށް ދީފައި ނުވާ އަހަންމިއްޔަތު މި ސަރުކާރުން ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީން އެކުލަވާލި މާސްޓާ ޕްލޭންގައި މައިގަނޑުު ހަތް ސިޔާސަތެއް ހިމެނިފައިވެއެވެ. މި ޕްލޭނަށް އަމަލުކުރަން ފެށުމުން ތެލެސީމިއާ ބައްޔަށް ފަރުވާ ދިނުމަށް އައު ކުރިއެރުންތަކެއް ލިބޭނެކަމަށް އެ ވުޒާރާއިން އުންމީދުކުރެއެވެ.
14 ދުވަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން