-8402fff9.png)

ހަނިމާދޫ އެއާޕޯޓް: މި އެއާޕޯޓު ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައި -- ފޮޓޯ: އަވަސް
ހަނިމާދޫ އެއާޕޯޓު ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.
ގައުމީ އެއާލައިނ, މޯލްޑިވިއަނުން މިއަދު ނެރުނު ނޯޓިހެއްގައި ބުނީ ހަނިމާދޫ އެއާޕޯޓު ވަގުތީގޮތުންބަންދުކުރީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންކަމަށެވެ.
އެ ނޯޓިހުގައި ވާ ގޮތުން, ހަނިމާދޫ އެއާޕޯޓުން ކުރަން ހަމަޖެހިފައިވާ ދަތުރުތައް މާދަން ހެނދުނު ހައެއް ޖެހުމާ ހަމައަށް ކުޅުދުއްފުށީ އެއާޕޯޓުން ކުރުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ހަނިމާދޫ އެއާޕޯޓުން ޓްރިވެންޑްރަމަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް މާދަމާ ރެއަށް ފަސްކޮށްފައިވާކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ.
މި މައުލޫމާތާއެކު މިހާރު ޓްރިވެންޑްރަމްގައި ތިބި ކަސްޓަމަރުންނަށް ގުޅަން ދީފައިވާ ނަންބަރަކީ 8136914666އެވެ. އެއްވެސް ސުވާލެއް އޮތް ނަމަ މި ނަންބަރަށް ގުޅަން މޯލްޑިވިއަނުން އެދެއެވެ.

3 ދުވަސް ކުރިން
-d8b50da8.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން
-2abff338.jpg)
3 މަސް ކުރިން
-9a60159d.jpg)
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން