-8402fff9.png)
ސައިފުﷲ އަލީ
-d8b50da8.jpg)
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންއިން ހިންގާ ސީޕްލޭން ޓާމިނަލް ބޮޑުކޮށް، އެ ތަން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްފަހު އަންގާރަ ދުވަހު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިއީ ދަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ކުންފުނީގެ ވަސީލަތްތައް ތަރައްގީކުރުމަށް އައިލެންޑް އެވިއޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މުޅި މަޝްރޫއުގެ ތެރެއިން ޓާމިނަލްގެ އެތެރެއާއި ބޭރުގެ ސަރަހައްދުތަކުން 15،000 އަށްވުރެ ގިނަ އަކަފޫޓުގެ ޖާގަ ވަނީ އަލުން ފުރިހަމައަށް ފަރުމާކޮށް އިތުރުކޮށްފައެވެ.
މި ބަދަލުތަކުގެ ތެރެއިން ޓާމިނަލްގައި ހުންނަ ހުވަނދުމާ ލައުންޖުގެ ޖާގަ ވަނީ ކުރިއަށްވުރެ ދެގުނައަށް ބޮޑުކޮށް، ހިދުމަތްތައް އިތުރަށް ފުރިހަމަކޮށްފައެވެ. އަދި ހާއްސަ ޕްރީމިއަމް އަދި ސީއައިޕީ ހިދުމަތްތަކާއެކު، ހުވަނދުމާ ލައުންޖުން ސީދާ މަތިންދާބޯޓަށް އަރައިފޭބޭނެ އިތުރު ސީއައިޕީ ގޭޓެއް ވަނީ ގާއިމުކޮށްފައެވެ.
ޓާމިނަލްގެ ބޭރުގައި ހަދާފައިވާ ހާއްސަ ސަރަހައްދު ބޮޑުކޮށް، އިށީންނާނެ ޖާގަތަކާއި މިނީ ގޮލްފު ކުޅޭނެ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ. މީގެއިތުރުން ކުޑަކުދިންނަށް ހާއްސަ ކުޅޭ ސަރަހައްދަކާއި، ދިވެހި އުފެއްދުންތަކާއި ހަނދާނީ ސާމާނު ލިބޭނެ ފިހާރައެއްގެ އިތުރުން މުވައްޒަފުންނަށް ހާއްސަ ކެންޓީނެއް ވަނީ ގާއިމުކޮށްފައެވެ.
ޓާމިނަލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިއާސް ވިދާޅުވީ، މިއީ ފަތުރުވެރިން ރާއްޖެއަށް އަންނަ ވަގުތުން ފެށިގެން ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. މިއީ ސީޕްލޭންގެ ހިދުމަތާއި ފަތުރުވެރިކަން ކުރިއެރުވުމަށް ކުންފުނިން ގެންގުޅޭ ފުޅާ ސްޓްރެޓީޖީގެ ބައެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަންއިން ވަނީ ސީޕްލޭންގެ ހިދުމަތް ފުޅާކުރުމަށް 2026 ވަނަ އަހަރުގެ އޯގަސްޓު މަހު ކެނެޑާގެ ޑީ ހެވިލަންޑް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ޑީއެޗްސީ-6 ޓްވިން އޮޓާ ކްލެސިކް 300-ޖީ މާކާގެ ދެ ބޯޓު ހޯދުމަށް ނިންމާފައެވެ. މިވަގުތު މޯލްޑިވިއަންއިން 25 މަތިންދާބޯޓުގެ ފްލީޓެއް އޮޕަރޭޓުކުރާއިރު، އޭގެ ތެރޭގައި 11 ސީޕްލޭން ހިމެނެއެވެ.
-2abff338.jpg)
3 މަސް ކުރިން
-9a60159d.jpg)
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

11 މަސް ކުރިން