-8402fff9.png)
ސައިފުﷲ އަލީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި ވޯޓުލުން އޮތް ދުވަހު ތައިލޭންޑްގެ ބެންކޮކަށް ދަތުރުކުރި ދެ ކައުންސިލަރަކަށް އެމްޑީޕީން ފިޔަވަޅު އަޅައިފިއެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މި ފިޔަވަޅު އަޅާފައިވަނީ ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ފިރާގާއި، އެ ކައުންސިލގެ މެންބަރު އަހްމަދު އަނާނަށެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެލްޖީއޭގެ އިންތިހާބުގައި ވޯޓު ލުމަކީ ޕާޓީގެ މަސްލަހަތާއި ގައުމީ މަސްލަހަތާ ގުޅިފައިވާ މުހިންމު ކަމެކެވެ. ނަމަވެސް، ވޯޓުލާން އޮތް ދުވަހު އެ ދެ ބޭފުޅުން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވަނީ ކޮންމެހެން ފުރަންޖެހޭ ފަދަ ކުއްލި އަދި ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫންކަން އެ ދެ ބޭފުޅުން ދެއްކެވި ވާހަކަތަކުން އެނގޭ ކަމަށް ކޮމިޓީން ބުނެފައިވެއެވެ. އެހެންކަމުން، ވޯޓުގައި ބައިވެރިނުވީ މަގްބޫލު އުޒުރެއް ނެތި ކަމަށް އެ ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، މި އަމަލަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމެއްކަން ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކުން ސާބިތުވާ ކަމަށް ވެސް ކޮމިޓީގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި އަނާނާއި ފިރާގަށް ވާދަނުކުރެވޭނެ ކަމަށެވެ. އަދި ހަމައެއާއެކު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ބާއްވާ އެއްވެސް ގައުމީ އިންތިހާބެއްގައި ވެސް އެމްޑީޕީގެ ޓިކެޓުގައި އެ ދެ ބޭފުޅުންނަށް ބައިވެރިނުވެވޭނެ ކަމަށް ވަނީ ނިންމާފައެވެ.
އަނާން ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހަނިމާދޫ ގައުމީ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލައްވާފައެވެ. އަދި ފިރާގު ވަނީ ހދ. އަތޮޅު ގައުމީ މަޖިލިސް މެންބަރުކަމަށް ކުރިމަތިލައްވާފައެވެ.
މި ނިންމުމާއެކު ދެން އެ މަގާމްތަކަށް އެ ދެ ބޭފުޅުންނަށް ވާދަނުކުރެއްވޭނެއެވެ.

16 ދުވަސް ކުރިން

19 ދުވަސް ކުރިން

19 ދުވަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-61a2a9dd.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-3186f67e.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން