-8402fff9.png)
އައިޝަތު ހިދާޔާ

އުމްރާވެރިން ގޮވައިގެން އައްޑޫ ސިޓީން ސައުދީ އަރަބިއްޔާއަށް ފުރަތަމަ ފަހަރަށް ސީދާ ދަތުރެއް ކޮށްފިއެވެ.
މީގެކުރިން އުމްރާ ދަތުރުތަކަށް ދިވެހި އުމްރާވެރިން އަބަދުވެސް ފުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ ހިސާބަކުން އުމްރާއަށް ދާކަމުގައި ވީނަމަވެސް, ސައުދީ އަރަބިއްޔާއަށް ދިއުމަށް މާލެ އަންނަން ޖެހެއެވެ.
ނަމަވެސް, އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ވަނީ ފުރަތަމަ ފަހަރަށް އައްޑޫން ސައުދީ އަރަބިއްޔާއަށް އުމްރާވެރިން ގޮވައިގެން ސީދާ ދަތުރުކޮށްފައެވެ. މި ދަތުރުކޮށްފައި ވަނީ, ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑްބޮޑީ އެއާބަސް އޭ330ގައެވެ. މި ދަތުރުގައި 259 އުމްތާވެރިން ފުރިއެވެ. އޭގެތެރޭގައި އައްޑޫއަށް ނިސްބަތްވާ 110 އުމްރާވެރިން ހިމެނެއެވެ.
މި ދަތުރު އިންތިޒާމުކޮށްފައި ވަނީ މޯލްޑިވިއަންއާއި އައްޑޫއަށް ނިސްބަތްވާ ޓްރެވަލް އެޖެންސީ ދަތުރުވެރިޔާ ގުޅިގެންނެވެ.
މިއީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި އައްޑޫން ސީދާ ދަތުރުތައް ސައުދީއަށް ފެށުމުން އުމްރާއަށް ދިއުމުގައި ބޮޑެތި ފަސޭހަތަކެއް ވާނެކަމަށް ގަބޫލުކުރާކަމަށް ދަތުރު އިންތިޒާމުކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

3 ދުވަސް ކުރިން
-d8b50da8.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން
-fae7d00d.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-2abff338.jpg)
3 މަސް ކުރިން
-9a60159d.jpg)
3 މަސް ކުރިން

3 މަސް ކުރިން
-035f590a.jpg)
4 މަސް ކުރިން