-8402fff9.png)

ރައީސް އޮފީސް --
ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ މަގާމު ހުސްވެފައިވަނީ ކުރިން މި މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވައި އަދި މަޖިލީހުން އޭނާ ވަކިކުރަން ވެސް ނިންމުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނުުގައި ބުނިގޮތުން، އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރުމަހުގެ 11ވަނަ ދުވަހެވެ.
ޕީޖީގެ ކިބައިގައި ހުންނަންޖެހޭ ޝަަރުތުތަކުގެ ތެރޭގައި، އުމުރުން 25 އަހަރަށް ވުރެ ދޮށީ ވުމާއި، ހައްދު ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުން ހިމެނެއެވެ.
އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފޯމާއި އިގުރާރު ރައީސް އޮފީހުގެ ވެބަސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އޮފީހުުން ބުނެއެވެ.
މި މަގާމަށް މީހަކު އައްޔަނު ކުރެވޭނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސް މަޖިލީހަށް ނަން ފޮނުއްވުމުން، މަޖިލީހުން ފާސްކުރާ ގޮތެއްގެ މަތިންނެވެ.

15 ދުވަސް ކުރިން

25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
-9ae31807.jpg)
4 މަސް ކުރިން

6 މަސް ކުރިން