-8402fff9.png)

އައިޝަތު ނަވާލް ނަސީރު

މާލޭގައި އަންހެނަކަށް ވަޅިން ބިރުދެއްކި ހާދިސާގެ ތެރެއިން --
އަންހެނަކު ރަހީނުކޮށް، ވަޅިއަކުން ބިރުދައްކަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި މީހާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާ ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، 32އ އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. އެގޮތުން، އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ ބޮލުގައި މުގުރުން ޖެހުމުގެ ސަބަބުން ބޯފަޅައިގެން ގޮސް، ލޭފައިބާ މަންޒަރު ހާދިސާގެ ވީޑިއޯތަކުން ފެނެއެވެ.
އެރޭ އޭނާ އަތުލައިގަތުމާއެކު، ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތަކެއް ހައްދާފައެވެ. އަނެއް ދުވަހު އޭނާ ދޫކޮށްލުމަށް ފަހު، ހޮޑުލާތީ އައިޖީއެމްއެޗުގެ އޮބްޒަވޭޝަނަށް ގެންގޮސްފައިވެއެވެ.
ފުލުހުން ބުނީ މިހާތަނަށް ހެދި ޓެސްޓުތަކާއި، ސީޓީ ސްކޭނުގެ ނަތީޖާއަށް ބަލާއިރު، އޭނާގެ ޓެސްޓުތައް ނޯމަލްކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ނަފްސާނީ ބަލީގެ ޑޮކްޓަރަކަށާއި، ނާރުގެ ޑޮކްޓަރަކަށް ވެސް އޭނާ ދައްކާފައިވާއިރު، އެ ޑޮކްޓަރުން ވެސް އޭނާ ރަނގަޅުކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އޭނާއަށް އައިސީޔޫގައި ފަރުވާދިނުމަށް އެއްވެސް ޑޮކްޓަރަކު ލަފާދީފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިޓު ޖެހުނު ކަމަށް ބުނާ ވާހަކަ ވެސް ދޮގުކޮށްފައިވެއެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ. އޭނާގެ ޣައިރު ހާޒިރުގައި އޮތް ބަންދުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަށް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
-dcc61562.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން