-8402fff9.png)
މިރާޝް މޫސާ

ގައުމީ ދުވަސް ފާހަގަކުރުމަށް މާއުނގޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ނާއިބުރައީސް ވާހަކަދައްކަވަނީ
ޤައުމުގެ މުސްތަޤްބަލަށްޓަކައި ދަރީންނަށް ގައުމިއްޔަތު އުގަންނައިދިނުމުގައި ޒަމާނީ ވަސީލަތްތަކުގެ މުހިންމުކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ށ. މާއުނގޫދޫގައި އަތޮޅު ފެންވަރުގައިި ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާއިބު ރައީސް ވަނީ ދިވެހި ދަރިންނަށް ގައުމީ ލޯބި އަށަގެންނެވުމުގެ މުހިންމުކަމަށް އަލިއަޅުއްޥާލައްވާފައެވެ.
"ދިވެއްސަކަށް ވީތީ ފަހުރުވެރިވުމާއި، ދިވެހިބަހުން ރީތިކޮށް ވާހަކަދެއްކުމާއި ލިޔެކިޔުމަކީ އުފާވެރި ކަމެއްކަން އަޅުގަނޑުމެންގެ ދަރިންނަށް ވިސްނައިދޭންޖެހޭ" އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ "ޕްރޯ މޯލްޑިވްސް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ހާއްސަކޮށް، ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުމާއި ގޭންގް ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގައުމުގެ އިގްތިސާެދީ ކުރިއެރުމަށްޓަކައި އާ ސިނާއަތްތައް ތަޢާރަފުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް އިޝާރާތްކުރެއްވިއެވެ.
ނާއިބު ރައީސް ވަނީ ގައުމީ ދުވަހުގެ ބަތަލު، ބޮޑުތަކުރުފާނުގެ ޖިހާދުގެ މަތިން ހަނދާންކޮށްދެއްވާފައެވެ.
"ބޮޑުތަކުރުފާނުގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ ޤައުމީ ޚިދުމަތުގައި. ޖިހާދުކުރެއްވުމުގައި. ދިވެހީންގެ އަމިއްލަވަންތަކަން ކަށަވަރުކުރެއްވުމުގައި." އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތަކީ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު އަތޮޅު ފެންވަރުގެ ހަރަކާތެއް ކަމަށްވާއިރު، ގިނަ އަދަދެއްގެ ރަށްވެހިން މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން