-8402fff9.png)
މިންހާ އަބްދުالله

ދަތުގެ ފަރުވާގެ ތާރީހުގެ މައްޗަށް ތައްޔާރުކޮށްފައިވާ "އިހުން މިއަދާއި ހަމައަށް" ފޮތް އިފްތިތާހުކުރުން / ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ދެމުން އަންނަ ދަތުގެ ފަރުވާގެ ތާރީހުގެ މައްޗަށް ތައްޔާރުކޮށްފައިވާ "އިހުން މިއަދާއި ހަމައަށް" ފޮތް ނެރެފި އެވެ.
މި ފޮތް އިފްތިތާހުކޮށްފައިވަނީ ދަތުގެ ހިތުމަތަށް ރަންޔޫބީލް ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފެވެ.
މި ފޮތުގައި ރާއްޖޭގައި ދަތުގެ ފަރުވާ ދިނުން ފެށިގެން އައި ގޮތާއި މިއަދާއި ހަމައަށް އައިއިރު ސަރުކާރުގެ ދަތުގެ ފަރުވާ ފޯރުކޮށްދިނުން ނުވަތަ ޑެންޓާލް ޑިޕާޓްމަންޓް ތަރައްގީވެފައިވާ މިންވަރު ހާމަކޮށްދީފައިވެ އެވެ. މި ފޮތުގައި ދަތުގެ ފަރުވާ މިހާ ހިސާބަށް ގެނެސްދިނުމަށް މަސައްކަތްކޮށްދެއްވި ބޭފުޅުންގެ އަގު ވަޒަންކޮށްފައިވެ އެވެ.
މި ރަސްމިއްޔާތުގައި ދަތުގެ ފަރުވާ ރާއްޖޭގައި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި އަލްފާޟިލް ޢަލީ ސަލީމުގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ. އަދި ދަތުގެ ފަރުވާގެ ދާއިރާއަށް އެކި ރޮނގުރޮނގުން ޚިދުމަތްކޮށްދެއްވި 9 ބޭފުޅެއްގެ އަގުވަޒަންކޮށް އެވޯޑު ދީފައިވެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިފަދަ ހާއްސަ ހިދުމަތްތަކަކީ ހަމައެކަނި މާލެއަށް ބަރޯސާވެފައިވާ ޚިދުމަތްތަކަކަށް ހެދުމުގެ ބަދަލުގައި، އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ދަތުގެ ފަރުވާގެ ހިދުމަތަކީ މި ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ފެންވަރު މަތީ ހިދުމަތަކަށްވުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން