-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން

މާފުށީ ޖަލުގައި މިދިޔަ މަހުގެ 24 ވަަނަ ދުވަހު ދަންޖެހުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ފަހު މާލެ ގެނެސް އިއްޔެ ވަޅުލައިފިއެވެ.
ދަން ޖެހިގެން މަރުވީ އުމުރުން 62 އަހަރުގެ އަބްދުލްޢަނީ އިސްމާއިލް އެވެ.
އަބްދުލްޣަނީ ބަންދުކޮށްފައި ހުރީ 15 އަހަރުގެ އަންހެންކުއްޖަކާ އެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި، ޝަރީއަތް ނިމެންދެން މިދިޔަ މާޗު މަހުން ފެށިގެންނެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ.
މި މައްސަލއާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ބުނީ އޭނާގެ ހަށިގަނޑު ޕޯސްޓު މޯޓަމް ހެދުމަށްފަހު އިއްޔެ މާލެ ގެނެސް އާއިލާއާ ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އެއަށް ފަހު އިއްޔެގެ މަޢްރިބު ނަމާދަށްފަހު އޭނާގެ ހަށިގަނޑު ވަނީ ވަޅުލައިފައެވެ.
އަބްދުލްޣަނީގެ މައްޗަށް ކުރިން ވެސް ޖިންސީ ކުށެއް ސާބިތުވެފައިވާކަން ފާހަގަކުރެވެއެވެ. މަގުމަތިން އަންހެނަކާ ދިމާކޮށް ޖިންސީ ގުޅުން ހިންގުމަށް އެދުނު މައްސަލައެއްގައި ތިން ދަޢުވާއެއް ސާބިތުވެ 2021 ވަނަ އަހަރު އޭނާއަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ.
މިދިޔަ ޖޫން މަހުން ފެށިގެން، ޖަލުގައި މަރުވާ ގައިދީންނާއި އެކި ތުހުމަތުތަކުގައި ބަންދުކޮށްފައިވާ ތިއްބާ މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުން ވަނީ ލާޒިމްކޮށްފައެވެ. މި ގަވާއިދު ތަޢާރަފުކުރީ މާފުށި ޖަލުގައި މަރުވި މުހައްމަދު ޖަމީލުގެ މަރާ ގުޅިގެންނެވެ. އޭނާ މަރުވީ ޖަލުގެ އޮފިސަރުން އަނިޔާކޮށްގެން ކަމަށް ތުހުމަތުކުރެވުނު ހިނދުއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ އޭގެ ފަހުން ޖަލުގައި މަރުވާ ކޮންމެ މީހެއްގެ ޕޯސްޓް މޯޓަމް ހަދާނެ ކަމަށެވެ.

12 ދުވަސް ކުރިން

17 ދުވަސް ކުރިން

26 ދުވަސް ކުރިން
26 ދުވަސް ކުރިން

27 ދުވަސް ކުރިން
-dcc61562.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން