-8402fff9.png)

މުހައްމަދު ޔަމީން

ނ. އަތޮޅު ގުރުއާން މުބާރާތުގެ އެއްވަނަ އެ އަތޮޅު މާފަރު ސްކޫލުން ހޯދައިފިއެވެ.
ނ. މަނަދޫގައި އޮތް އެ އަތޮޅު ގުރުއާން މުބާރާތުގައި މާފަރު ސްކޫލްގެ 14 ދަރިވަރަކު ބައިވެރިވިއެވެ. އޭގެ ތެރެއިން ހަތް ދަރިވަރަކު ވަނީ މުބާރާތުގައި ވަނަ ހޯދައިފައެވެ. އެ ދަރިވަރުންނަކީ;
މިއީ މާފަރު ސްކޫލުން އަތޮޅު ގުރުއާން މުބާރާތުގެ އެއްވަނަ ހާސިލުކުރި ދެވަނަ އަހަރެވެ. އެ ސްކޫލުން މި މުބާރާތުގެ އެއްވަނަ ފުރަތަމަ ފަހަރަށް ކުރިން ހާސިލު ކުރީ މިދިޔަ އަހަރުއެވެ.
މި ކާމިޔާބާ ގުޅިގެން މާފަރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނަސީމް ވިދާޅުވި ގޮތުގައި ޖެހިޖެހިގެން ދެ ފަހަރަށް ސްކޫލުން އަތޮޅު ގުރުއާން މުބާރާތުގެ އެއްވަނަ ހޯދުމަކީ ފަހުރުވެރިވާ ފަދަ ކާމިޔާބީއެކެވެ. އަދި މި ކާމިޔާބީ ހޯދުމަށް ޓަކައި ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ވިދާޅުވިއެވެ. އެ ކަމަށް ޓަކައި އަލްފުރްސާން" ގެ ނަމުގައި ހިފްޒުކުރުމުގެ ޕްރޮގްރާމެއް މިހާރު ވެސް ހިންގަމުންދާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.
"ގައުމީ މުބާރާތަށް މިހާރު ސްކޫލްގެ ހަ ދަރިވަރަކު ވަނީ ހޮވިފައި. އެ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މި ކުރަނީ," އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން 2017ވަނަ އަހަރާއި، 2018ވަނަ އަހަރު އަދި 2019ވަނަ އަހަރާއި 2022ވަނަ އަހަރު، މުބާރާތުގެ 2ވަނަ ސުކޫލުގެ މަޤާމު މާފަރު ސުކޫލުން ވަނީ ހޯދައިފައެވެ.
މާފަރު ސްކޫލުގެ ދަރިވަރުން ހޯދި މި ކާމިޔާބާ ގުޅިގެން އެ ދަރިވަރުން ރަަށަށް ދިޔަ ވަގުތު ވަނީ ރަތްދޫލައިގެ މަރުހަބާއެެއް ކިޔައިފައެވެ.
އެޑިޓަރުގެ ނޯޓް: ނ. މާފަރަކީ ނުކުތާގެ ސީއީއޯ ޢާލިމް އަބްދުއްލަތީފާއި ޗެއާމަން ޝަރުވަތު އަބްދުލްޣަނީ ނިސްބަތްވާ ރަށެވެ. ނުކުތާގެ މުޅި ޓީމުގެ ފަރާތުން މާފަރު ސްކޫލުން މި ހޯދި ކާމިޔާބަށް މަރުހަަބާ ކިޔަމެވެ.
3 މަސް ކުރިން
-50aa960f.jpg)
5 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

12 މަސް ކުރިން