-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ނ. މާފަރުގެ ފަޅުތެރެއަށް އަނެއްކާވެސް ގިނަ އަދަދެއްގެ ކަށި މަސް ވަދެ، ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެކަނިވެސް 65،000 އަށްވުރެ ގިނަ މަސް ހިފައިފިއެވެ.
އެ ރަށުގެ ކައުންސިލުގެ އިންތިހާބީ ރައީސް މުހައްމަދު އަބްދުލްޣަނީ (މޯޑު ޣަނީ) "ނުކުތާ" އަށް ވިދާޅުވި ގޮތުގައި އިއްޔެ އެ ރަށު ފަޅުން 25،000 އެއްހާ ކަށި މަސް ހިފާފައިވާއިރު، މިއަދު އެކަނިވެސް 40،000 އެއްހާ މަސް ވަނީ ހިފާފައެވެ. އަދި މިއަދު މަސް ހިފުމުގެ ހަރަކާތުގައި އެ ރަށުގެ 25 އެއްހާ މީހުން އަމަލީ ގޮތުން ބައިވެރިވެފައިވާ ޣަނީ ވިދާޅުވިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހުވެސް މާފަރު ފަޅުން 25،000 އެއްހާ ކަށި މަސް ވަނީ ހިފާފައެވެ. އެހެންކަމުން މިއީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އެ ރަށު ފަޅުން މިފަދަ ގޮތަކަށް އެތައް ހާހުން މަސް ހިފި ތިންވަނަ ފަހަރެވެ.
ޣަނީ ވިދާޅުވި ގޮތުގައި ފަޅުން ހިފާ މި މަސްތައް ބަހަނީ ބޭނުންވާ ކޮންމެ މީހަކަށް ލިބޭ ގޮތަށެވެ. އެގޮތުން އިއްޔެ ބޭނި މަސްތަކުގެ ތެރެއިން ބައެއް މީހުން 200 އެއްހާ މަސް ގެއަށް ގެންގޮސްފައިވާ ކަމަށްވެސް ޣަނީ ވިދާޅުވިއެވެ.
މާފަރަކީ މީގެ 10 ވަރަކަށް އަހަރު ކުރިންވެސް ރިންމަހާއި ކަށިމަސް އާންމުކޮށް ފަޅަށް ވަންނަ ރަށެކެވެ. މީގެ ކުރިންވެސް މިފަދަ ނަސީބުވެރި ހާދިސާތައް އެ ރަށުގައި ހިނގާފައިވެއެވެ. އެގޮތުން އެއްފަހަރަކު އެ ރަށު ފަޅަށް ގިނަ އަދަދެއްގެ ކަންނެލި އައިނެއް ވަދެގެން، ރަށުގެ ކޮންމެ ގެއަކަށް ދެ ކަންނެލި ބެހިކަންވެސް ފާހަގަކުރެވެއެވެ.
-50aa960f.jpg)
5 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން
-61aa041f.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-0284bf70.jpg)
1 އަހަރަށްވުރެ ގިނަ ކުރިން
-dfa0e886.jpg)
1 އަހަރަށްވުރެ ގިނަ ކުރިން