-8402fff9.png)
-50aa960f.jpg)
މަގުމަތިން ސަރުކާރެއް ވައްޓާލަން ބޭނުންފުޅުނުވާ ކަމަށާއި އެހެންނަމަވެސް މި ސަރުކާރު އޮތީ އަމިއްލައަށް ވެއްޓޭ ހިސާބުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނ. މާފަރަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީން ކަންބޮޑުވަނީ ރައީސްގެ ޒާތީ ކަންކަމާ ގުޅިގެން ނޫން ކަމަށާއި، ނަމަވެސް ރާއްޖޭގެ އިގްތިޞާދީ ތަނަވަސްކަމާއި ރައްޔިތުންގެ ފުދުންތެރިކަމަށް ސަރުކާރުން އިސްކަން ނުދޭތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރު ބަދަލުވާނީ 2028 ވަނަ އަހަރުގައި ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް ދަންނަވަން ދަތިކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރު ބަދަލުވާނީ ކޮންއިރަކުން ކަމެއް ނޭނގޭ. 2028ގައި ތޯ ނޫނީ މާދަމާތޯ ނޭނގޭ. އާންމު ގޮތެއްގައި ދެން އޮތީ 2028 ގައި ބަދަލުވާން. އަޅުގަނޑަކީ އެހާ ބޮޑަށް މަގުމަތިން ސަރުކާރެއް ވައްޓާލާން ބޭނުންވާ މީހެއް ނޫން
ފަހަކަށް އައިސް ބޭއްވި ހުރިހާ އިންތިޚާބަކުން ސަރުކާރު ބަލިވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ އިތުރުން ރެފަރެންޑަމް ވޯޓުން ވެސް ސަރުކާރު ބަލިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ ހަމައެކަނި އިދާރީ މަގާމެއް ނޫން ކަމަށާއި، އެއީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮތް އެންމެ ވަރުގަދަ ވަސީލަތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެމްބަރުން ހޭލަންވެއްޖެ ކަމަށް ނަޝީދު ގޮވާލެއްވިއެވެ.

3 ދުވަސް ކުރިން

16 ދުވަސް ކުރިން

19 ދުވަސް ކުރިން

19 ދުވަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-61a2a9dd.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-3186f67e.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން