-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މާފަރުން ހިފި ކަށިމަސްތައް -- ފޮޓޯ: މާފަރު ލައިވް
ނ. މާފަރުގެ ފަޅު ތެރެއިން އެތައް ހާސް ކަށި މަސް ހިފައިފިއެވެ.
މާފަރުން މަސް ހިފަން ދިޔަ މީހަކު "ނުކުތާ"އަށް މައުލޫމާތުދިން ގޮތުގައި މި ފަހަރު ހިފާފައިވާ މަހުގެ އަދަދު މަދުވެގެން 25،000 އަށް އަރާނެއެވެ.
އެގޮތުން މާފަރުގެ ކައުންސިލުގެ އިންތިހާބީ ރައީސް މުހައްމަދު އަބްދުލްޣަނީ (މޯޑު ޣަނީ) ވިދާޅުވި ގޮތުގައި، މި މަސްތައް ހިފުމުގެ ހަރަކާތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ އިރު، މި މަސްތައް ބޭނުންވާ ރައްޔިތުންނަށް ބެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މާފަރަކީ މީގެ 10 ވަރަކަށް އަހަރުގެ ކުރީގެ މާޒީއަށް ބަލާއިރު ރިންމަހާއި ކަށިމަސް އާންމުކޮށް ފަޅަށް ވަންނަ ރަށެއްކަން މުހައްމަދު ފާހަގަކުރެއްވިއެވެ.
"އާންމުކޮށް ވެސް ފަޅަށް ވަދޭ ކަށިމަސްތައް، މިފަހަރު އާންމުކޮށް ވަންނަ ވަރަށް ވުރެ ގިނައިން ވަދެފައިވަނީ." މުހައްމަދު ވިދާޅުވިއެވެ.
މާފަރަކީ މީގެ ކުރިން ވެސް މިފަދަ ނަސީބުވެރި ކަންކަން ހިނގާފައިވާ ރަށެކެވެ. އެގޮތުން މީގެ ކުރިން އެ ރަށު ފަޅަށް ވަރަށް ގިނަ އަދަދެއްގެ ކަންނެލި ހިމެނޭ އައިނެއް ވަދެގެން، ރަށުގެ ކޮންމެ ގެއަކަށް ދެ ކަންނެލި ބެހިކަން ވެސް ފާހަގަކުރެވެއެވެ.
-50aa960f.jpg)
5 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން
-61aa041f.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-0284bf70.jpg)
1 އަހަރަށްވުރެ ގިނަ ކުރިން
-dfa0e886.jpg)
1 އަހަރަށްވުރެ ގިނަ ކުރިން