-8402fff9.png)

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ބ. ތުޅާދޫ ކަޓުވާލުމަށްފަހު ތ. ތިމަރަފުށި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ތިމަރަފުށި ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިފައެވެ. މެޗުގެ އޮއިވަރު ބަދަލުވީ 31 ވަނަ މިނެޓުގައި ތިމަރަފުށިން ޖެހި ގޯލާ ހިސާބުންނެވެ. ތިމަރަފުށީގެ އަހުމަދު އަފްލާޒު ދިން ބޯޅައެއް ހިފައިގެން އަބްދުﷲ ޒިޔާން އޭރިއާތެރެއަށްވަދެ ފޮނުވާލި ހަމަލާ ގޯލުގެތެރެއަަށް ވަނީ ތުޅާދޫގެ ކީޕަރު އަހުމަދު ޝަހީމް އަތުގައި ޖެހިފައެވެ.
މެޗުގެ ފުރަތަމަ ހާފު އެއް ގޯލުގެ ތަފާތުން ތިމަރަފުށި ކުރީގަައި އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކައިރި ކައިރީގައި ދެ ގޯލުޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި އޭރިއާ ބޭރުން އިބްރާހިމް ސިނާހް (ސިނާ) ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލިއިރު އޭގެ ހަ މިނެޓު ފަހުން އާދަމް ނަސިހް ވަނީ ގޯލެއް ޖަހައިފައެވެ.
އޭގެ ދެ މިނެޓުފަހުން ތުޅާދޫއިން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާގެ ފަރަގު ހަނިކޮށްފައެވެ. އެ ގޯލަކީ އަހުމަދު ތަސްނީމް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން އަހުމަދު ރަޝީދު ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައި ތުޅާދޫއިން ވަނީ އެ ޓީމުގެ ދަވަނަ ގޯލުޖަހައިފައެވެ. އެ ގޯލަކީ އެ ޓީމުން ނެގި ކޯނަރެއް ތިމަރަފުށީގެ އަނޫފް އަހުމަދުގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.
އޭގެ އިރުކޮޅެއްފަހުން ތިމަރަފުށިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ތުޅާދޫ އޭރިއާތެރެއަަށް ވަދެ އަފްލާޒް ކާމިޔާބުކުރި ގޯލެކެވެ.
އެ މެޗުން މޮޅުވެ ގްރޫޕް ބީގައި ތިން މެޗު ކުޅެ ތިމަރަފުށި ވަނީ ތިން ޕޮއިންޓު ހޯދައި ތިންވަނައަށް ޖެހިލައިފައެވެ. އެ ގްރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓު ހޯދައިގެން ބ. އޭދަފުއްޓެވެ. އަދި ހަ ޕޮއިންޓާއެކުދެވަނައިގައި އޮތީ މާލެ ސިޓީއެވެ. ގްރޫޕްގެ ފުލުގައި ތުޅާދޫ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.
ގޯލްޑް ކަޕަކީ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށްޓަކައި ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ބާއްވާ އެ މުބާރާތުގައި 17 ޓީމުން ބައިވެރިވެއެވެ.

7 މަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން