-8402fff9.png)
ހަސަން އިޔާން
ބީއެމްއެލް ނުވަވަނަ ކިޑްސް ސޮކާ ފެސްޓުގެ ތެރެއިން
އެޕެކްސް ސްޕޯރޓްސް އެކަޑަމީ އިން އިންތިޒާމްކޮށްގެން ބޭއްވި 'ބީއެމްއެލް ނުވަވަނަ ކިޑްސް ސޮކާ ފެސްޓް' މިދިޔަ ހުކުރު ދުވަހު ނިންމާލައިފިއެވެ.
މި ފެސްޓުގައި ހަތަރު އުމުރުފުރައަކުން 17 ޓީމު ވާދަކުރިއެވެ. ޖުމްލަ 150 ކުޅުންތެރިން ކުޅެފައިވެއެވެ.
ފާދިއްޕޮޅު ނައިފަރުގައި ރަޖިސްޓްރީކޮށްގެން ހިންގާ އެޕެކްސް ސްޕޯޓްސް އެކަޑަމީ އިން މި މުބާރާތް ކޮންމެ އަހަރަކުވެސް ބާއްވަނީ އެކަޑަމީގެ ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައެވެ. މިއަހަރުގެ މުބާރާތުގައި ޅ.ހިންނަވަރު، ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިން އުމުރުފުރައެއްގެ ޓީމުތައް ވެސް ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ ފެސްޓްގެ ޓައިޓަލް ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ.
މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހަ ދުވަހުގެ މުއްދަތަށް އޮތް މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ފެސްޓިވަލްގައި އަށް އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، އަދި 15 އަހަރުން ދަށުގެ އުމުރުފުރާތަކުން ވާދަކޮށްފައިވެއެވެ.
ދިހަ އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމެވެ. އެ ޓީމު ވަނީ އެޕެކްސް ކުރަނގި ޓީމާ ދެކޮޅަށް ކުޅުނު މެޗުން 3-0 ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
ބާރަ އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެޕެކްސް ޗީތާ ޓީމެވެ. އެ ޓީމު ވަނީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން 5-2 ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
ފަނަރަ އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެޕެކްސް ކޯބްރާ ޓީމެވެ. އެ ޓީމު ވަނީ އެޕެކްސް ޕައިތަން ޓީމާ ދެކޮޅަށް ކުޅުނު މެޗުން 2-1 ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ކޮންމެ އުމުރުފުރާއަކުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަށް ގޯލްޑަން ބޫޓް ވަނީ ހަވާލުކޮށްފައެވެ. އަދި 10 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 15 އަހަރުން ދަށުގެ ޑްރީމް ޓީމުތައް ވެސް ހޮވާފައިވެއެވެ. އަދި ފެސްޓިވަލްގައި ކުޅުނު ހުރިހާ ކުޅުންތެރިންނަށް މެޑަލް ވަނީ ދެވިފައެވެ.
އެޕެކްސް ސްޕޯރޓްސް އެކަޑަމީގެ ފަރާތުން އަދީލް އަބުދުﷲ ވިދާޅުވި ގޮތުގައި މި ފެސްޓިވަލްގެ މައިގަނޑު މަގުސަދަކީ ޒުވާން ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. "
މިފަދަ ފެސްޓިވަލްތަކުން ކުދިންގެ ހުނަރާއި ޤާބިލުކަން އިތުރަށް ތަރައްޤީވެ، ކުޅިވަރުގެ ރޫޙު އާލާވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ފެސްޓިވަލް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުން" އޭނާ ވިދާޅުވިއެވެ.

7 މަސް ކުރިން

7 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން
-be5fb1f4.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން
-be5fb1f4.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން