-8402fff9.png)
އަހްމަދު އިޒްމީމް

އޭދަފުށި ކުޅުންތެރިން އުފާ ފާޅުކުރަނީ— ފޮޓޯ/ ސިޑިބަރު
ނައިންޓީ ޕްލަސް ގޯލްޑްކަޕްގައި މާލެ ސިޓީ ބަލިލޮށް ގަދަފަދަ އޭދަފުށިން ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ މެޗުގައި އޭދަފުށިން މާލެ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
އެ މެޗު ފަށައިގެން އޭފަފުށިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. އެ ޓީމުން ވަނީ އެ ހާފުގައި ތިން ގޯލު ޖަހައިފައެވެ.
އެހެންނަމަވެސް ދެވަނަ ހާފު މާލެއިން ފެށީ މާގަދަކޮށްށެވެ. އެ ހާފުގައި މާލެއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެ ހާފުގައި މާލެއިން ވަނީ ދެ ގޯލުޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ގޯލްޑްކަޕްގެ ފައިނަލަށްދިޔަ ދެވަނަ ޓީމު ކަށަވަރުވާނީ މިރޭ ސެމީގެ ދެވަނަ މެޗުގައި އައްޑޫ ސިޓީއާއި ރ. އަލިފުށި ބައްދަލުކުރާ މެޗުންނެވެ. އެ މެޗު ފަށާނީ މިރޭ 9:00 ގައެވެ.
ގޯލްޑް ކަޕަކީ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށްޓަކައި ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ބާއްވާ އެ މުބާރާތުގައި 17 ޓީމުން ބައިވެރިވެއެވެ.
މުބާރާތުގައި ބައިވެރިވި 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅުނަތީޖާ ހޯދި 12 ޓީމު ވަނީ ދެވަނަ ބުރަަށް ގޮސްފައެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދަނީ އެ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން
-9410c75f.jpg)
4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން
-0f281ac4.jpg)
6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން