-8402fff9.png)
އަހްމަދު އިޒްމީމް

ބޮންޑާ އަދި އައްޑޫގެ ކުޅުންތެރިން އުފާ ފާޅުކުރަނީ —-
ނަައިންޓީ ޕްލަސް ގޯލްޑްކަޕްގައި ރ. އަލިފުށި ބަލިކޮށް އައްޑޫ ސިޓީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި އަލިފުއްޓާ ދެކޮޅަށް ކުަޅުނު ސެމީ ފައިނަލްގެ މެޗު އައްޑޫއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުން އައްޑޫ މޮޅުވެ ފައިނަލުގައި އެ ޓީމުން ވާދަކުރަންޖެހޭނީ ސެމީގެ ފުރަތަމަ މެޗުގައި މާލެ ސިޓީ ބަލިކުރި ބ. އޭދަފުއްޓާއެވެ. އެ މެޗުކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭގައެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއްނިޖެހިއެވެ. ދެ ޓީމުގެ ސަޕޯޓަރުންގެ އަޑުން ގުގުމާލައިފައިވާ އެ މެޗުގައި ފޯރިގަދަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ވަނީ ފެނިފައެވެ.
ދެވަނަ ހާފުގައި އައްޑޫގެ އިސްމާއިލް އީސަ (މެސީ) ނެގި ހުރަހަކުން ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު އައްޑުއަށް ނަގައިދީފައެވެ.
އުމުރުން 42 އަހަރުގެ ބޮންޑާ ފޮނުވާލި ހަމަލާ ރީ ބައުންސް ވެގެން ނިކުތުމުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ އެ ބޯޅައިގެ ބޭނުންހިފައި އެ ޓީމުގެ ދެވަނަ ގޯލު ޖަހައިފައެވެ.

3 ދުވަސް ކުރިން
-fae7d00d.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-035f590a.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން