-8402fff9.png)

މަރްޔަމް މާޙީ
އެޑިއުކޭޝަން މިނިސްޓްރީ--
ދެ ވަނަ ޓާމުގެ ޗުއްޓީއަށްފަހު ސްކޫލުތަކުގެ ކިޔެވުން މިއަދު އަލުން ފަށައިފިއެވެ.
މިދިޔަ އޮކްޓޯބަރުގެ ހަވަނަ ދުވަހު ދެވަނަ ޓާމް ފަށާފައިވާއިރު, ޓާމުގެ ތެރެއިން ލިބޭ މިޑް ބްރޭކަށް ދަރިވަރުން ދިޔައީ ނިމުނު މަހުގެ 22 ވަނަ ދުވަހުއެވެ.
ހިނގަމުން މިދާ ދިރާސީ އަހަރު 96,000 ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. އޭގެތެރެއިން 42،700 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ.
މީގެތެރެއިން 83،000 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަނީ ސަރުކާރު ސްކޫލުތަކުގަ އެވެ. އަދި ޕްރައިވެޓް ސްކޫލުތަކުގައި 13،000 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމު ހާސިލުކުރަމުންނެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަ 217 ސްކޫލުގައި ކިޔަވައިދެމުން އާދެއެވެ. އަދި އޭގެ ތެރެއިން 162 ސްކޫލެއްގައި ކިޔަވައިދެނީ އެއް ދަންފަޅިއަށެވެ. އަދި 55 ސްކޫލެއްގައި ކިޔަވައިދެނީ ދެ ދަންފަޅިއަށެވެ.
ސްކޫލުތަކުގެ ކިޔެވުން 15 ދުވަހުގެ ބަންދަކަށް ފަހު ފަށާފައިވާއިރު, މި ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއަށް ދަރިވަރުން ދާނީ މާޗު މަހުގެ 6 ވަނަ ދުވަހުއެވެ.

10 ދުވަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
-a99c43c3.jpg)
4 މަސް ކުރިން

5 މަސް ކުރިން