-8402fff9.png)

އަހްމަދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ---
މިދިޔަ އޮކްޓޯބަރު, ނޮވެމްބަރުގައި ހެދި އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.
އެޗްއެސްސީ އާއި އެޑެކްސެލް އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނު ހިމެނޭ ގޮތަށް 4،293 ދަރިވަރުން މި ފަހަރުގެ އިމްތިހާނުގައި ބައިވެރިވިއެވެ. މި އިމްތިހާނު ވަނީ ރާއްޖޭގެ 48 ސެންޓަރެއްގައި ބާއްވައިފައެވެ.
ޕަބްލިކް އެގްޒަމިނޭޝަން ޑިޕާޓްމެންޓުން ބުނީ ނަތީޖާ ދޫކުރާނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ކަމަށެވެ. އަދި އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ އެ އިދާރާއިންނެވެ.
އެޗްއެސްޗީގެ އިމްތިހާނުގައި މިފަހަރު ބައިވެރިވީ 1،663 ދަރިވަރުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3،842 ކުދިން އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނުގައި 443 ކުދިން ބައިވެރިވިކަމަށެވެ.

10 ދުވަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން