-8402fff9.png)

ޢާލިމް އަބްދުއްލަތީފް
ކައުންސިލް އިމާރާތްތައް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖޭގެ ގިނަ ރަށްރަށުގެ ކައުންސިލް އިދާރާތައް ހިންގާ އިމާރާތްތައް ބާވެ ވީރާނާ ވަމުންދާތީ، އެކަން ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިދާރާތައް އަޅަން މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެ ރަށްރަށުގައި ކައުންސިލް އިދާރާތައް އަޅަން ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ލޯކަލް ގަވާމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތިމަތު މުނާއެވެ. އަދި ކޮންޓެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 100 ރަށެއްގައި ކައުންސިލް އިދާރާތައް އަޅަން ހަވާލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައި ވަނީ އިމާރާތްތައް ބާވުމާއި ޖާގައިގެ ދަތިކަމާ ހުރެ ހިންގުމުގައި ދަތިތަކެއް ހުރުމުން 187 ރަށަކުން ކައުންސިލް އިމާރާތްތައް އަޅަން އެދިފައިވާ ކަމަށެވެ. ސަރުކާރުގެ ގާބިލްކަން ހުރި މިންވަރަކުން އެ މަސައްކަތްތައް ކުރިއަށްގެންދަން މިނިސްޓަރު ވަނީ ނިންމަވާފައެވެ.

7 މަސް ކުރިން

10 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-4c66340c.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން