-8402fff9.png)

މަރްޔަމް މާޙީ

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރަނީ… ފޮޓޯ: ލޯކަލް ގަވަމެންޓް މިނިސްޓްރީ
މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސްއިން ފަށައިފިއެވެ.
އެ މިނިސްޓްރީ އިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ މިއީމާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެގޮތުން ފެށި މަސައްކަތެއް ކަމަށެވެ.
ކާނުތައް ސާފުކުރުމުގެ ހަރަކާތް ފެށީ މިއަދު ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ. އަދި މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ޓަކައި އެ ސަރަހައްދަށް މިނިސްޓާ އާދަމް ޝަރީފު އުމަރު ވެސް މިއަދު ވަޑައިގެންނެވިއެވެ.
މިނިސްޓްރީ އިން ބުނީ މި ހަރަކާތަކީ ރައީސް ޑރ މުހައްމަދހ މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން އެ މިނިސްޓްރީ އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީ އިން ބުނީ މި ހަރަކާތުގެ ތެރެއިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރެވިގެން ދާނެކަމަށެވެ.

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން