-8402fff9.png)

މަރްޔަމް މާޙީ

ފޮޓޯ: މިހާރު
މިއަހަރުގެ ފިތުރު އީދަށް 36 ރަށަށް ފޯރުކޮށްދޭ އީދު ބޮކީގެ އަގަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަރީފު ވިދާޅުވީ މިއަހަރުވެސް އީދަށް ދިއްލޭ ގިޑިގެ ތަކުން ރަށްތައް ދިއްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ އެކަމަށް 28 މިލިއަން ރުފިޔާ ހަރަދުވިޔަސް އެއީ ރަނގަޅު ކަމެއް ކަން ހާމަކުރައްވާފައެވެ. އެއީ އަލުން ބޭނުންކުރެވޭނެ އެއްޗެހި ކަމަށާއި އަދި ރައްޔިތުން އެކަން ވަރަށް ބޮޑަށް ބޭނުންވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިފަހަރު ގެންނަ ބޮކިތައް އަލުން މާލެއަށް ނުގެންނާނެ ކަމަށާއި މިފަހަރު ބޮކިތައް ހަވާލު ކުރަނީ މުޅިން އައު ރަށްތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ގެންނަ ލައިޓުތަކަކީ ދެ ކަމަކަށް ފޯކަސް ކުރާ ލައިޓުތަކެއް ކަމަށެވެ. އެއީ އިސްލާމީ ޝިޔާރު ފާޅުކުރުމާއި ތަކުބީރު އިވުމެވެ. އަދި އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަމާއި އަހަންމިއްޔަތުކަށް އަދި ދިވެހީގެ ތެރޭގައި ލޯތްބާއި އިހުތިރާމު އޮތްކަން ފާހަގަވާ ކަމެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު ވެސް ވަނީ އީދަށް ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ގިޑިގެތަކާއި ކުލަބޮކިތަކުން ދިއްލާލައިފައެވެ. މާލެ ސަރަހައްދުގައި އެކަން ފެށުމާއެކު އެހެން ރަށްރަށުން ވެސް ވަނީ ލައިޓު ހޯދަން ބޭނުންވެގެން އެދިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން