-8402fff9.png)

"މައުމޫން" ފޮންޓް އުފެއްދި އަކުރު ޓައިޕްގެ ޑިރެކްޓަރު އަބްދުﷲ ޝަފީއު (ކ) ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު -- ފޮޓޯ: އިމްލީދު އަލީ ހިލްމީ / އަކުރު ޓައިޕް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން އުފައްދާފައިވާ ތާނަ ފޮންޓު، "މައުމޫން" ލޯންޗްކޮށްފިއެވެ.
މި ފޮންޓް ލޯންޗުކޮށްފައި ވަނީ މާލޭގެ އާޓް ގެލަރީގައި މިރޭ ބޭއްވި ހަފްލާއެއްގައެވެ.
މި ފޮންޓު ލޯންޗުކޮށްފައިވަނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެންނެވެ. މި ލިންކަށް ކްލިކްކޮށްލުމުން "މައުމޫން" ފޮންޓް ޑައުންލޯޑްކުރެވޭނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ދިވެހީންގެ މާދަރީ ބަހަކީ ރީތި ދިވެހި ބަސްކަމަށެވެ. ދިވެހި ބަސް ކުރިއަރުވާ ދިރުވަން މިއަދުވެސް މަސައްކަތްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމު ރަމްޒުކޮށްދޭ އެއްޗަކީ ބަސް ކަމަށާއި ގައުމު ތަރައްގީވާނީ ބަސް ތަރައްގީ ވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް. ކޮންމެ ގޮތެއްގައިވެސް އަޅުގަނޑުމެންގެ ބޭނުމަކީ ގައުމަށް ކުރިއެރުން ހޯދައިދިނުން. ތަރައްގީ ހޯދައިދިނުން. ކޮންމެ މީހަކަށްވެސް އެމީހެއްގެ މަޤާމުގައި އެމީހެއްގެ ގޮޅީގައި އެމީހަކު ހުރިތަނެއްގައި ހުރެގެން ޤައުމަށް ޚިދުމަތް ކުރުމަކީ އެމީހެއްގެ ވާޖިބަކަށް ހަދަންޖެހޭ. އެކަން އަޅުގަނޑު ހިތުން މިހާރު ދަނީ ވަރަށް ރަނގަޅަށް ކުރެވެމުން. އޭގެ އެއް ހެއްކެއް މިރޭ އަޅުގަނޑުމެންނަށް މި ފެންނަނީވެސް
އެ ފޮންޓް އާންމުންނަށް ދައްކާލުމަށް ހެނދުނު 10:00 އިން ރޭގަނޑު 11:00އަށް އާޓް ގެލެރީގައި މައުރަޒެއް އޮންނާއެވެ.

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން