-8402fff9.png)

މަރްޔަމް މާޙީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ކުރީގެ ރައީސް އަދި ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމަށް އަރުވަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.
އަދި މީގެ އިތުރުން ނޮވެންބަރު 3ވަނަ ދުވަހުގެ ޝަހީދުންގެ އާއިލާތަކަށް ވެސް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް ވަނީ ނިންމަވަައިފައެވެ. މި އައްޑަނަތައް އަރުވަން ހަަޖެހިފައިވަނީ މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
މި ޖަލްސާ ފަށަން ހަމަޖެހިފައިވަނީ ހެނދުނު 9 ޖަހާއިރުއެވެ.
"މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ," ރައީސް އޮފީހުން ބުނެފައިވެއެވެ.
ނޮވެންބަރު 3ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން