-8402fff9.png)

މަރްޔަމް މަޢާޝާ އިލްޔާސް

ގަމުގައި ނާސަރީ ގާއިމްކުރަން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން--
ލ. ގަމުގައި އެޗްޑީސީގެ ނާސަރީއެއް ތަރައްގީކުރަން ނިންމައި، އެކަމަށް ބޭނުންވާ ބިން އެރަށުން ހަމަޖައްސައިފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް އިއްޔެ ލ. ގަމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަނީ ނާސަރީ ހެދުމަށް ބޭނުންވާ ބިން ހަމަޖައްސާފައިއެވެ.
ނާސަރީ ގާއިމްކުރުމަށް އެއްލައްކަ އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައިއެވެ. އެމްޑީ ވަނީ އިއްޔެ އެ ބިން ބައްލަވާލައްވާފައިއެވެ.
މި ނާސަރީގެ މައިގަނޑު މަގުސަދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއްމިލިއަން ގަސް އިންދުމަށް ނިންމާ ގާއިމްކުރަން ނިންމި ނާސަރީއެކެވެ.
ގަމުގައި ގާއިމްކުރާ ނާސަރީ ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް ބޭނުންކުރާނެއެވެ.

18 ދުވަސް ކުރިން
2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން
-7b9b65f9.jpg)
4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން