-8402fff9.png)
ސައިފުﷲ އަލީ

މެދުއިރުމަތީގެ މަޝްހޫރު އިންފްލުއެންސަރު ހާލިދު ރާއްޖޭގައި -- ފޮޓޯ: އެމްއެމްޕީއާރްސީ
މެދު އިރުމަތީގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފުލުއެންސާ ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ފަށައިފިއެވެ.
ޚާލިދަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި ވަރަށް މަގްބޫލު ފަރާތެކެވެ. ޚާއްސަކޮށް އޭނާގެ ޔޫޓިއުބް ޗެނަލްގައި އެތައް މިލިއަން ފޮލޯވަރުން ތިބެއެވެ.
އެމްއެމްޕީއާރުސީން ބުނީ ޚާލިދު މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން ރާއްޖޭގައި ރަމަޟާން މަހުގެ ދުވަސްތައް ކުރިއަށްދާ ގޮތް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ދައްކާލެވޭނެ ކަމަށެވެ. މިއީ މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ބޮޑު އޯޑިއަންސަކަށް ރާއްޖޭގެ ރީތިކަމާއި މުއްސަނދި ސަގާފީ ތަރިކަ ދައްކާލުމަށް ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.
ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތުތަކެއް ޚާލިދަށް އެމްއެމްޕީއާރްސީން ވަނީ ދީފައެވެ.
މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް ޚާލިދު ރާއްޖޭގައި ހުންނާނެއެވެ.
އެމްއެމްޕީއާރުސީން ބުނީ ޚާލިދުގެ މިދަތުރުގައި އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ޕޯސްޓްތައްކުރާނެ ކަމަށެވެ. މި ޕޯސްޓްތަކުން ރަމަޟާން މަހު ރާއްޖޭގައި އޭނާކުރާ ތަޖުރިބާތަކާއި ގޮނޑުދޮށުގައި ރޯދަވީއްލުންފަދަ ސަގާފީ އާދަކާދަތަކާއި މެދުއިރުމަތީގެ ފަތުރުވެރިންނަށް ޚާއްސަ ލަގްޒަރީ ތަންތަން ދައްކުވައިދޭނެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 3.9 އިންސައްތައަކީ މެދުއިރުމަތީގެ ޤައުމުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނެވެ. އެ ގޮތުން މިދިޔަ އަހަރު 79،000 އަށްވުރެ ގިނަ ފަތުރުވެރިން މެދުއިރުމަތީގެ ގައުމުތަކުން ޒިޔާރަތްކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ޚާލިދުގެ އެކިއެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޖުމްލަ 21 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.
-9d7580fb.jpg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-e780e747.jpg)
5 މަސް ކުރިން