-8402fff9.png)
ފާތިމަތު މިޝްކާ

އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރަން ހިންގާ އައުޓްޑޯ ކެމްޕޭންގެ މަންޒަރުތައް ހުންނާނެ ގޮތުގެ ކުރެހުމެއް
ރާއްޖެ އިޝްތިހާރުކުރަން އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ)އާއެކު ފެށި ކެމްޕޭނަށް 2.5 މިލިއަން ޑޮލަރު ޚަރަދުވާއިރު، އޭގެ ވިހި ގުނަ އިތުރަށް ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް އެމްއެމްޕީއާރްސީން އަންދާޒާކޮށްފިއެވެ.
އެމްއެމްޕީއާރްސީން ބުނީ ލިވަޕޫލާއެކު ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން މި އަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްއެމްޕީއާރުސީ އާއި އެލްއެފްސީ ގުޅިގެން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރަން އައުޓްޑޯ ކެމްޕޭންތަކެއް ފަށަން ވަނީ ނިންމާފައެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މާކެޓިން ހަރަކާތުގައި އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އިޝްތިހާރުތަކާއި ޑިޖިޓަލް އިޝްތިހާރުތައް ބޭނުންކުރާނެއެވެ.
އެމްއެމްޕީއާރްސީން ބުނީ އެ ކެމްޕެއިންގެ މަގުސަދަކީ އެލްއެފްސީގެ މަގްބޫލުކަމުގެ ބޭނުންހިފައި ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުން ކަމަށެވެ.
އެ ކެމްޕެއިންގެ ދަށުން 100އަށް ވުރެ ގިނަ ޓެކްސީތަކާއި ލަންޑަންގެ މަގުތަކުގައި ދުއްވާ ބަސްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކަން ވަނީ ހަމަޖެހިފައެވެ. އަދި އަންޑަގްރައުންޑްގައި ވެސް އިޝްތިހާރުކޮށް، ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ރާއްޖޭގެ ރީތިކަން ދައްކާލުމަށް ހަމަޖެހިފައިވެއެވެ.
އެ ކެމްޕެއިން ގާތްގަނޑަކަށް 76 މިލިއަން މީހުންގެ އޯޑިއަންސަކާ ހަމައަށް ފޯރާނެކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އިނގިރޭސިވިލާތުގެ އިތުރުން ވިޒިޓް މޯލްޑިވްސިއިން އަންނަނީ ޔޫރަޕާއި މެދުއިރުމައްޗާއި އިންޑިއާ އަދި ޗައިނާ ފަދަ މުހިންމު ގައުމުތަކުގައި ލިވަޕޫލް އެފްސީއަށް ސަޕޯޓްކުރާ ކްލަބްތަކާއެކު ޓާގެޓްޑް ކެމްޕޭންތަކެއް ހިންގުމަށް ރާވަމުންނެވެ.
100 ގައުމެއްގައި ލިވަޕޫލަށް ސަޕޯޓްކުރާ 316 ކްލަބް ހިމެނޭއިރު، ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ މީހުން އެންމެ އިސްކަންދޭ ގައުމެއްގެ ގޮތުގައި ރާއްޖެ ހެދުމާއި ދަތުރުފަތުރުގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ ދެމެހެއްޓުން ކަމަށް އެ ކުންފުނިން ބުންޏެވެ.
-9d7580fb.jpg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-e780e747.jpg)
5 މަސް ކުރިން