-8402fff9.png)
މިރާޝް މޫސާ

ގެދޮރުއެޅުމަށް ދަތިވެފައިވާ މީހުންނާށް ޚާއްސަކޮށް ސަރުކާރުން ތައާރަފްކުރި ހިޔާވަހި ފައިނޭންސިން ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި މުއްދަތު އޭޕްރީލް މަހުގެ އަށަކަށްވަނީ ހަމަވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މިޕްރޮގްރާމްގެ ތިން ސްކީމަށް އެދި ހުށަހަޅާއިރު ކުރެހުމާއި ބީއޯކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ.
އެހެންވެ މިޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ މެއިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސިންއަކީ އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެވެ. އަދި މިއީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން ފަސް ޕަސެންޓް ފައިދާގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގައި ހިމެނެނީ ތިން ސްކީމެކެވެ. އެއީ ރަށްވެހި ފައިނޭންސިން ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް، ފަހިމާލެ ފައިނޭންސިން ސްކީމެވެ.
މީގެތެރެއިން އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިން ސްކީމްގެ ދަށުން އެއް މިލިއަން ރުފިޔާ، އާބަން ސެންޓަރުތަކުން ސަހަރު ފައިނޭންސިން ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކަށް ތިން މިލިއަން ރުފިޔާ، އަދި މާލެ ސަރަހައްދަށް ޚާއްސަ ފަހިމާލެ ފައިނޭންސިން ސްކީމަށް ހަ މިލިއަން ރުފިޔާއާހަމައަށް ފައިނޭންސް ލިބޭނެއެވެ.
މާލެ ސަރަހައްދަށް ހުޅުވާލި ފުރުސަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސަށް އެދެވޭނެއެވެ.
ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން މާލީ އެހީ ފޯރުކޮށްދިނުމަށް މިއަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މިސްކީމަށް ސަރުކާރުން ބޭންކުތަކަށް އެއް ބިލިއަން ރުފިޔާ އިންވެސްޓްކުރިނަމަވެސް، ބޭންކުތަކުން ފައިނޭންސިން ދޫކުރާއިރު ޖުމްލަ ދެ ބިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

3 މަސް ކުރިން
-086e11a8.jpg)
4 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން