-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދު އާންމުންނަށް ބަންދުކޮށްފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ބެލުމުގެ ދަށުންނެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ރަސްފަންނު ސަރަހައްދު މަރާމާތަށް ބަންދުކޮށްފައިވަނީ އިއްޔެއިން ފެށިގެންނެވެ. މި މަރާމާތުގެ މަސައްކަތްތައް ނިމުމުން، އެ ސަރަހައްދު އަލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ރަސްފަންނު ސަރަހައްދު ބަންދުކުރަން ޖެހުނީ އެތަނުގެ ބައެއް ވަސީލަތްތައް ވަރަށް ބޮޑަށް ހަލާކުވެ، އާންމުން ބޭނުންކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީއެވެ. އެގޮތުން އެ ސަރަހައްދު މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާތީ، އެކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން މީގެ ކުރިން ވެސް ވަނީ ފާޅުކޮށްފައެވެ.
މި މަރާމާތުގެ ދަށުން އެ ސަރަހައްދުގައި ހަލާކުވެފައިވާ ތަންތަން ރަނގަޅުކޮށް، އާންމުންނަށް ރައްކާތެރިކަމާއެކު ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ އިންތިޒާމުތައް ހަމަޖެހޭނެއެވެ.

3 މަސް ކުރިން
-086e11a8.jpg)
4 މަސް ކުރިން

4 މަސް ކުރިން

10 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-a917e52b.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން