-8402fff9.png)
ސައިފުﷲ އަލީ
-086e11a8.jpg)
އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދަށް އިއްޔެ ގެނެސްފައިވާ ބަދަލާއެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ބަދަލަކީ ދައުލަތާއި ކައުންސިލްތަކުން ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތައް ބެލެހެއްޓުމާއި ދޫކުރުމުގެ އުސޫލުތައް ތަރުތީބުކުރުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ. މީގެ ކުރިން އަމަލުކުރަމުންދިޔަ ގަވާއިދުގެ ދަށުން ބިން ދޫކުރެވެނީ ފަސް ހާލަތެއްގައި އެކަނި ކަމަށްވާއިރު، އޭގެ ތެރޭގައި ކުއްޔަށް ދިނުމާއި، ވިއްކުމާއި، ވަގުތީ ގޮތުން ބެލެހެއްޓުމަށް ދޫކުރުމާއި، ދައުލަތުގެ އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދޫކުރުމުގެ އިތުރުން ކުއްޔަކާ ނުލައި ބިން ދިނުން ހިމެނެއެވެ.
އާ ގަވާއިދު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އުފުލާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗަރއިންނެވެ. މި ގަވާއިދު ހިނގާނީ ކައުންސިލްތަކާއި ވުޒާރާތަކުން އަދި ދައުލަތުގެ އިދާރާތަކުން ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ހަވާލުކުރާ އެންމެހައި ބިންތަކުގެ މައްޗަށެވެ.
އާ ގަވާއިދުގައިވާ ގޮތުން ބިން ދޫކުރާނެ ކުއްޔާއި ވިއްކާނެ އަގު އަދި ބިންތަކުގެ އަގު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ނުވަ މެންބަރުންގެ ލޭންޑް ވެލުއޭޝަން ކޮމިޓީއަކުންނެވެ. އަގު ކަނޑައެޅުމުގައި އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމާއި އާންމު އިގުތިސާދީ ފުދުންތެރިކަމުގެ އިތުރުން ބިމުގެ ޑިމާންޑަށް ބަލާނެއެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ ބިމުގެ ރަޖިސްޓްރީތައް ބާތިލެއް ނުވާނެއެވެ. ނަމަވެސް ބިމުގެ ދަފުތަރު އަދާހަމަކުރުމަށްޓަކައި ހަ މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
އާ ގަވާއިދަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފެށުމާއެކު، ދެހާސް ސައުވީސް ވަނަ އަހަރުގެ މާރިޗު މަހުގެ ތިރީސް ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އައި ކުރީގެ ގަވާއިދު މިހާރު ވަނީ އުވިފައެވެ.

3 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން