-8402fff9.png)
ފާތިމަތު މިޝްކާ

އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ސައްތައިން ސައްތަ ދިވެހި ފަސް ކުންފުންޏަކާ މި މަސައްކަތް ހަވާލުކޮށްފިއެވެ.
އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމްގެ ދަށުން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭ ފޭސް 3 ގައި 1000 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ފަސް ކުންފުންޏަކާއެކު ދިވެހި ސަރުކާރުން މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަން އެންމެންނަށް މި ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަތްފޯރާފަށުގައި ބޭންކު މޯގޭޖް ފައިނޭންސް މެދުވެރިކޮށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގޭ ފުރަތަމަ މަޝްރޫޢެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން، އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ އިތުރުން ދެ ޖޮއިންޓް ވެންޗާއަކަށެވެ. އެގޮތުން ވަން ރިއަލިޓީ އަދި މެޑްޓެކް މޯލްޑިވްސް ހިމެނޭ ޖޮއިންޓް ވެންޗާ އާއި، ފްލެކްސިންކް، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް ހިމެނޭ ޖޮއިންޓް ވެންޗާއާއެކު ޖުމުލަ ފަސް ފަރާތަކަށް ކޮންމެ ފަރާތަކަށް 1 ޕްލޮޓްގެ މަގުން ވަނީ ހަވާލުކުރެވިފައެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި މިއަދު ސޮއިކުރެވުނު ޑިވެލޮޕަރުންނަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ކޮންޓްރެކްޓަ ފައިނޭންސް ބިލްޑް އެންޑް ސެލް މޮޑެލްއަށް 1000 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް 26 ފެބްރުއަރީ 2026 ގައި ކުރި އިއުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅައި އެންމެ މަތިން މާކުސް ހޯދާފައިވާ ފަރާތްތަކެވެ. މި މަޝްރޫއު ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ 30 މަސްދުވަހެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ހުރިހާ ފުލެޓެއްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ސަރުކާރުން އިއުލާންކޮށް އެޕްލިކޭޝަން ބަލައިގަނެފައިވާ އާއިލީ ބޯހިޔާވަކަން ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ 2 ކޮޓަރީގެ ފުލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި 3 ކޮޓަރީގެ ފުލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. މީގެ މައިގަނޑު މަގުސަދަކީ މިހާތަނަށް އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އިސްކަންދީގެން އިންސާފުވެރިކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
ފުލެޓުތަކުގެ އަގު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދިނުމަށް ނިންމާފައެވެ. އޭގެ ތެރޭގައި މަޝްރޫޢު ހިންގާ ބިމަށް އަގު ދައްކަން ނުޖެހުމާއި، އިމާރާތްކުރުމަށް އެތެރެކުރާ މުދަލުން ޑިއުޓީ ނުނެގުމާއި، ގަންނަ ފަރާތްތަކުން ޖީއެސްޓީ ދައްކަން ނުޖެހުން ހިމެނެއެވެ. ދިވެހި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ދިވެހި އާއިލާއަކަށްވެސް އެ އާއިލާއެއްގެ މާލީ ގާބިލުކަން ހުރި މިންވަރަކުން އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ. މިއީ މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އެމީހުންގެ ފުރަތަމަ އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް މަގުފަހިކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.

3 މަސް ކުރިން
-086e11a8.jpg)
4 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން