-8402fff9.png)
ސައިފުﷲ އަލީ

ވިޒިޓް މޯލްޑިވްސްއަށް ދިވެހި އެމްބެސެޑަރަކު ހޯދަން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީން) އިއުލާނުކޮށްފިއެވެ.
އެމްއެމްޕީއާރުސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މި ފުރުސަތަކީ ރާއްޖޭގެ އުފެންދުންތެރި ފަންނާނުން ބައިވެރިކޮށް އެ ފާރާތްތަކުގެ އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ހިއްސާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހުޅުވާލި ފުރުސަތެއް ކަމަށެވެ.
ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމްގެ މަގުސަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއިއެކު މަސައްކަތްކޮށް ދިވެހި ސަގާފަތާއި، ތަރިކަ މުޅި ދުނިޔެއަށް ހިއްސާކުރުން ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެމީހެއްގެ ވަނަވަރާއި، ފަންނީ ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް ހުރިއެކި ހިޔާލުތަކާއިއެކު ޕްރޮޕޯޒަލެއް ވިޒިޓް މޯލްޑިވްސްއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.
ވިޒިޓް މޯލްޑިވްސްއިން ދަނީ ރާއްޖެ ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމުތަކުގައި އިޝްތިހާރު ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ލިވަޕޫލްއާއިއެކުވެސް މަސައްކަތްތަކެއް ކުރަމުން އަންނައިރު ދާދިފަހުން ވަނީ ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ފަންނާނު ކެޓްރީނާ ކެއިފް ހަމަޖައްސާފައެވެ.

6 މަސް ކުރިން

12 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން