-8402fff9.png)

މަރްޔަމް މާޙީ

އެމްއެމްޕީއާރުސީން ބޭއްވި "މޯލްޑިވިއަން ނައިޓް" ގެ ތެރެއިން...
އިންޑިއާގެ 100 އަށް ވުރެ ގިނަ މަޝްހޫރު ސެލެބްރިޓީންނާއި އިންފްލުއެންސަރުންނާއެކު 'މޯލްޑިވިއަން ނައިޓް' ގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ހާއްސަ އިވެންޓެއް އެމްއެމްޕީއާރުސީ އިން ބާއްވައިފިއެވެ.
މިއަދު އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނީ އިންޑިއާގެ ފޯ ސީޒަންސް ހޮޓެލް މުމްބާއީގައި ބޭއްވުނު އެ ހަރަކާތަކީ އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން އޯޓީއެމް މުމްބާއީއާ އެކު އިންތިޒާމްކޮށްފައިވާ ހަރަކާތެއްކަމަށެވެ. މި އިވެންޓުގައި ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ވެސް ބައިވެރިވިއެވެ.
އެގޮތުން "މޯލްޑިވިއަން ނައިޓް"ގައި ބައިވެރިވި މަޝްހޫރު ފަންނާނުންގެ ތެރޭގައި ފަރާ ހާން، މޯނީ ރޯއީ، ފަރްދީން ހާން، ވިހާން ސަމާތު، އަންގަދު ބޭދީ، މަންދާނީ ކަރީމީ، ޝްރެޔާ ޕިލްގައުކަރް، ޝަޝަންކް ސަޖްވަން، ރިޗީ ޝާހް، ރުޗީ ސޯނީ، ޕަރޭޝް އަދި ސަލްމާން މާޗަންޓް ހިމެނެއެވެ.
އެމްއެމްޕީއާރުސީން ބުނީ މި އިވެންޓުގައި ބައިވެރިވި އިންފްލުއެންސަރުންގެ ޖުމްލަ ސޯޝަލް މީޑިއާގެ ރީޗް ނުވަތަ ފޮލޯވާސް 200 މިލިއަނަށް ވުރެ ގިނަ ކަމަށެވެ. އަދި މިއީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވެސް ބުންޏެވެ.
އެމްއެމްޕީއާރްސީން ބުނީ ވިޒިޓް މޯލްޑިވްސްއިން 2025 ވަނަ އަހަރު 300،000 އަށްވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމަށް މި އިވެންޓު މުހިންމުކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ބުނީ މި އިވެންޓަކީ އިންޑިއާ މާކެޓާ ގުޅުން ބަދަހިކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަމަށެވެ.
"އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓަކަށް ވުމުން އިންޑިއާގެ އިންފްލުއެންސަރުންނާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންނާއެކު ސްޓްރެޓެޖިކް ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ ތެރެއިން އަޅުގަނޑުމެންގެ އައުޓްރީޗް އިތުރަށް ވަރުގަދަކުރުމާމެދު އަޅުގަނޑުމެން ވަރަށް ޝައުގުވެރިވަން. މުންބާއީގައި ބޭއްވި 'މޯލްޑިވިއަން ނައިޓް' އަކީ އިންޑިއާގެ މާކެޓަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް,"ވިސިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
މީގެ އިތުރުން ޝިއުރީ ވިދާޅުވީ 2025 ވަނަ އަހަރުގެ ކެމްޕޭންތަކުން ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާތަކެއް ލިބޭނެކަމާމެދު ޔަޤީންކުރައްވާ ކަމަށެވެ.
-9d7580fb.jpg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން