-8402fff9.png)
ފާތިމަތު މިޝްކާ
-61aa041f.jpg)
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ހަފްތާގެ ތެރޭގައި ނ. މާފަރަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަނިކުފާނު އަރިިހު އެދުނުގޮތަށް މާފަރު ސިއްހީ މަރުކަޒުގައި 21 އެނދުގެ ވޯޑެއް ތަރައްގީކުރަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިހާރު ތިން އެނދުގެ ކެޕޭސިޓީ ހުންނަ މާފަރު ސިއްހީ މަރުކަޒުގައި ހަތަރު އެނދުގެ ވޯޑެއް ތަރައްގީކުރަން މި މަހުގެ 20 ވަނަ ދުވަހު ހެލްތު މިނިސްޓްރީން ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ. ނަމަވެސް ރައީސް މުއިއްޒު އެ ރަށަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ވަނީ އެފަދަ ރަށެއްގައި އެނދުގެ އަދަދު ގިނަވާންޖެހޭކަން ފާހަގަކޮށް ރައްޔިތުން ބޭނުންވާގޮތް އެމަނިކުފާނާ ހިއްސާކޮށްފައެވެ.
ރައީސް މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިމުމުގެ ކުރިން ވަނީ މާފަރު ސިއްހީ މަރުކަޒު ތަރައްގީކުރަން ފެނަކައާއެކު ކުރިން ވެފައިވާ އެއްބަސްވުން ބާތިލްކޮށް، 21 އެނދުގެ ވޯޑެއް ތަރައްގީކުރަން އަލުން އެ ކުންފުންޏާއެކު ސޮއިކޮށްފައެވެ.
މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހަމަދު ނަޖާހެވެ.
މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ނާސް ސްޓޭޝަނާއި މީޓިން ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ތަރައްގީކުރުމުގެ އިތުރުން ޕޯޓިކޯ ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ.
14 ދުވަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން