-8402fff9.png)

މަރްޔަމް މާޙީ

ފަޔާ ލޮރީއަށް އަށް މައްސަލައެއް ދިމާވެ ވަގުތީގޮތުން ބަންދު ކުރި ޏ. ފުވައްމުލަކު އެއާޕޯޓު ދެ ދުވަހަށްފަހު އަނެއްކާވެސް ހުޅުވައި ދަތުރުތައް ފަށައިފިއެވެ.
މިކަމާ ގުލީގެން އެމްއޭސީއެލުން ބުނީ މި މައްސަލަ ދިމާވީ ފަޔާ ލޮރީ މަރާމާތު ނުކުރާތީ ކަމަށާއި, އެއާޕޯޓުގައި މަރާމާތު ކުރަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ފަޔާ ލޮރީ އެއް އައްޑު އިން ފުވައްމުލަކަށް ގެންގޮސް އެއާޕޯޓު ހުޅުވައި އަލުން ހިދުމަތް ދޭން ވަނީ ފަށައިފައެވެ.
ގިނަ އަދަދެއްގެ އާންމުންނާއި ފަތުރުވެރިން ކޮންމެ ދުވަހަކު ދަތުރުކުރާ ފުވައްމުލަކު އެއާޕޯޓު ބަންދު ކުރީ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.
އެ ރަށުގެ މީހަކު 'ނުކުތާ' އަށް މައުލޫމާތު ދެމުން ބުނީ އެއާޕޯޓު ބަންދު ކުރީ މާލެއިން ފުވައްމުލަކަށް އައުމަށް ޓަކައި މީހުން ފްލައިޓަށް އަރައިތިއްބާ ކަމަށެވެ. އަދި ފްލައިޓް އަންނާތީ ފަޔާ ލޮރީ ޓެސްޓް ކުރި އިރު އެއަށް މައްސަލައެއް ޖެހުނު ކަމަށާއި, ލޮރީ ހުއްޓުނީ ރަންވޭ މަތީގައި އޮއްވައި ކަމަށް އޭނާ ބުންޏެވެ. މިކަން ހައްލު ކުރުމަށް ޓަކައި އެމްއޭސީއެލްގެ ޓެކްނިކަލް ޓީމެއް ވެސް ވަނީ ފުވައްމުލަކަށް ގޮސްފައެވެ.

15 ދުވަސް ކުރިން

3 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން