-8402fff9.png)
ސައިފުﷲ އަލީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި އަލިފާން ރޯކުރުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު އިތުރު 14 ދުވަހަށް ޖަހައިދީފިއެވެ.
ފުލުހުން ބުނީ ޒިހާންގެ ބަންދަށް ކުރިން ދީފައިވާ 15 ދުވަހުގެ މުއްދަތު މިއަދު ހަމަވުމާ ގުޅިގެން، ތަހުގީގު ކުރިއަށްދާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުގައި އެދުމުން ކޯޓުން އެކަން ބަލައިގަނެ އިތުރު 14 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ޒިހާން ހައްޔަރުކުރީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ހިތްވަރުދީ މީސްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން، މިދިޔަ މަހުގެ ތެރޭގައެވެ. އެ ޕޯސްޓުގައި އެ ތަންތަނުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް ބުނެފައިވީ ނަމަވެސް، ޕޯސްޓު ކުރިތާ ގަޑިއިރެއްހާއިރު ފަހުން ޒިހާން ވަނީ އެ ޕޯސްޓު ފޭސްބުކުން ޑިލީޓްކޮށްފައެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތަޢުލީމު ޙާޞިލުކުރައްވައި، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭގެ ފަހުން، މި ސަރުކާރުން ޒިހާނަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދިން ނަމަވެސް، ފަހުން ވަނީ އެ މަގާމުން ވެސް އޭނާ ވަކިކޮށްފައެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

17 ދުވަސް ކުރިން