-8402fff9.png)
ސައިފުﷲ އަލީ

ފުވައްމުލަކުގައި ކާރަކުން ސައިކަލެއްގައި ޖެއްސުމަށްފަހު މަޑުނުކޮށް ގޮސް އެހެން ކާރަކާއި ރުކެއްގައި ޖައްސައި އެކްސިޑެންޓްވި މައްސަލައެއްގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދުއިރުއޮއްސި 18:22 އެހައިކަންހާއިރު ފުވައްމުލައް މޫޑިގެ ކުރިމަތިންނެވެ. ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެއްސުމަށްފަހު މަޑުނުކޮށް ގޮސް، އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ވަނީ ޖައްސާފައެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ ތަހުގީގުން މިހާތަނަށް ބެލި ބެލުމުން ކާރު ދުއްވަން ހުރި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވެއެވެ. އަދި މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު، ގަދަކަމުން ކާރު އަތުލައިގެން ގޮސްކަންވެސް ތަހުގީގަށް ވަނީ އެނގިފައެވެ.
މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން