-8402fff9.png)

މަރްޔަމް މާޙީ

ތިނަދޫ ސިޓީގައި އިމާރަތް ކުރާ 200 ރޯހައުސް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީ އިން ބުނީ އެ ރޯހައުސްތަކަށް އެދި އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
މިނިސްޓްރީ އިން ވަނީ ރޯހައުސްތަކަށް އެދި ހުށައެޅުމުގެ އުސޫލު އާންމު ކޮށްފައެވެ. އުސޫލުގައިވާގޮތުން, ރޯހައުސްތަކަށް ކުރިމަތިލެވޭނީ 18 އަހަރު ވެފައިވާ ދިވެއްސަކަށެވެ. އަދި އެ ރަށުގައި ދިރިއުޅޭތާ މެދުނުކެނޑި 10 އަހަރުވެފައިވާ މީހަކަށް ވެސް ވާން ޖެހޭނެއެވެ. މި އުސޫލުގެ ދަށުން ޕޮއިންޓުދޭ މިންގަނޑު ވެސް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރޯހައުސްއަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އެ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ.

8 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-c0e2fff8.jpg)
3 މަސް ކުރިން