-8402fff9.png)
ސައިފުﷲ އަލީ

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލީ ސިޔާސީ ދައުވާތަކެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުންޏަސް އެއީ ހަގީގަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ސައުދުﷲ ވިދާޅުވީ ސިޔާސީ ދައުވާއާއި ޖިނާއީ ކުށުގެ އެހެނިހެން ދައުވާތައް ގަސްތުގައި އޮޅުވާލައި، ރައްޔިތުންނަށް ނުބައި ތަސައްވުރެއް ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
"ސިޔާސީ ބޮޑު ޕާޓީއެއްގެ ކަންކަން މިފެންވަރަށް ދިޔައިމަ ވަރަށް ދެރަ. ސިޔާސީ ދައުވާއާއި އެނޫންދައުވާ ގަސްތުގައި އޮޅުވާލުމަކީ ނުބައި ތަސައްވުރެއް ދައްކައިދޭ ކަމެއް. ގަސްދުގައި އެނގިހުރެ ދައުލަތުގެ އިދާރާއަށް ތަކުރާރުކޮށް ދޮގު މައުލޫމާތު ދީފައިވާތީ އެކަމާ ގުޅިގެން ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެކޭ ބުނުން އެއީ ރަނގަޅު ކަމެއްބާ!" ސައުދުﷲ ވިދާޅުވިއެވެ.
މި މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެން ކަމަށާއި، އެކަމުގައި އޭނާ ފަރުދީގޮތުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ނުފޫޒު ފޯރުވައިގެން، އިންތިހާބީ މަގާމެއްގައި ހުންނެވި ބޭފުޅަކު މަގާމުން ވަކިކުރުމަށް އަވަސްއަރުވާލައިގެން ކުރިއަށްގެންދާ ސިޔާސީ ޖެއްސުމެއް ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
މޭޔަރު ސައުދު މޭޔަރު ކަމުން ދުރުކޮށް ޖަލަށް ލާނެ ކަމަށް ބުނެ މެންބަރު ސައުދުﷲ ކުރިން އިންޒާރު ދެއްވާފައިވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
-c0e2fff8.jpg)
3 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން
-b3adc397.jpg)
9 މަސް ކުރިން

10 މަސް ކުރިން