-8402fff9.png)
ސައިފުﷲ އަލީ
-c0e2fff8.jpg)
ގދ. ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ސިޓީގެ މޭޔަރު ސައުދު އަލީ މިއަދު ހެނދުނު ތިނަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނު 10:00 އަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމުން، ދޮޅުގަޑިއިރެއްހާއިރު އެ ތަނުގައި ހޭދަކުރެއްވި ކަމަށް މޭޔަރު ސައުދު ވިދާޅުވިއެވެ. ފުލުހުން ސުވާލުކޮށްފައިވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އާބާދީގެ އަދަދުތައް އޮޅުވާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.
މި ސުވާލުތަކަށް ޖަވާބުދެއްވަމުން، ސަރުކާރަކުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭނީ ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު ނޫންތޯ މޭޔަރު ވަނީ ފުލުހުންގެ ކުރިމަތީގައި ސުވާލު އުފެއްދެވި ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޚާއްސަ ޓީމެއް މީގެކުރިން ތިނަދުއަށް ގޮސް ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ ބަޔާން ނަގާފައިވެއެވެ.
ގދ. ތިނަދޫ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ 2024 ވަނަ އަހަރުގެ ތެރޭގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީއަށް ހުށަހަޅުއްވައިފައެވެ. މެންބަރު ސައުދުﷲ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ދައްކާފައިވަނީ ހަގީގަތާ ހިލާފަށް އޮޅުވާލައިގެން ކަމަށެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެކަން އެގޮތަށް ކޮށްފައިވަނީ ތިނަދޫ ކައުންސިލަރުންނަށް މޭޔަރުގެ މަގާމު ހޯދައިދިނުމުގެ ބޭނުމުގައާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ތިނަދޫ ސިޓީއަކަށް ހައްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުރިހަމަކުރެއްވުމުގެ ގޮތުންނެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައި، ކުރީގެ ރައީސް ޞާލިޙެވެ. އޭގެ ފަހުން މިހާރުގެ ސަރުކާރުންވެސް ވަނީ ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވާ ދިނުން އެގޮތުގައި ދަމަހައްޓަން ނިންމައިފައެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން

8 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން