-8402fff9.png)

3200 ދަރިވަރުންނާއެކު އޭލެވެލްގެ ކިޔެވުން މިއަދު ރާއްޖޭގެ ސްކޫލުތަކުގައި ފަށައިފި އެވެ.
އެޑިއުކޭޝަންމިނިސްޓަރު ވިދާޅުވީ މި އަހަރު 6500 ދަރިވަރުން އޯލެވެލް ނިންމައިފައިވާ ކަމަށާއި, އަދި އޭގެތެރެއިން 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފައިވާކަމަށެވެ. މިއާއެކު %49 އަށް އޭލަވަލް އަށް ވަންނަ ދަރިވަރުންގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިއީ މިދިޔަ އަހަރާ ބަލާއިރު ބޮޑު އިތުރުވުމެއް ކަމަށެވެ.
މިދިޔަ އަހަރު އޭލެވެލްގައި ބަިއވެރިވެފައިވަނީ 2100 ދަރިވަރުންނެވެ. އެއީ އެ އަހަރު އޯލެވެލް ނިންމި ދަރިވަރުންގެ %32 އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިފަދަ ބޮޑު އިތުރުވުމެއް އައުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ފަހިކޮށްދެމުންދާ ތަނަވަސް ފުރުސަތުތަކުގެ ސަބަބުން ކަމަށާއި, އަދި ކުދިންގެ ހޭލުންތެރިކަމާއި ޝައުގުވެރިކަން ވެސް މިކަމަށް އިތުރުވެފައިވާތީ ކަމަށެވެ.
"މިފަހަރު އިތުރު 13 ސްކޫލްގައި އޭލެވެލްއަށް ވަނީ ކިޔަވަން ފަށާފަ. މިހާރު ރާއްޖޭގައި އޭލެވަލްއަށް ކިޔަވައިދޭ 66އެއްހާ ސްކޫލް އެބަހުރި," މިނިސްޓަރު ވިދާޅުވިއެވެ.

10 ދުވަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން