-8402fff9.png)

މަރްޔަމް މާޙީ

މާލެ ސިޓީ ކައުންސިލުގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަަރުގެ ރަމަޟާން މަހުގެ ތެރޭގައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިއަހަރުގެ ގުރުއާން މުބާރާތް ވެސް ކުރިއަަށްދާނީ ދެ ގޮތްޕަށް ކަމަށެވެ. އަދި ކޮންމެ ގޮތްޕެއްގައި ވެސް 6 ޢުމުރުފުރާ ހިމެނޭނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އެ ކައުންސިލުން ބުނީ ޢުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ. އެ ނޫން ކޮންމެ ޢުމުރުފުރާއަކުންނާއި ކޮންމެ ގްރޫޕަކުންނާއި ކޮންމެ ގޮއްޕަކުން، އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. މި ދަރިވަރުންގެ ތެރެއިން، ކޮންމެ ޢުމުރުފުރާއަކުން، 1 ވަނަ، 2 ވަނަ، 3 ވަނަ، ހޮވާނެއެވެ. އަދި ކޮންމެ ގްރޫޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އާއި، ކޮންމެ ގޮތްޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ، ހޮވާނެއެވެ. ޤުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ގޮފީގައެވެ.
މި މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
މުބާރާތުގެ ކޮންމެ ޢުމުރުފުރައެއްގެ ކޮންމެ ގޮއްޕަކުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ - /5000ރ، ކްލާކާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ސީނިޔަރ ގްރޫޕާއި ޖޫނިޔާރ ގްރޫޕުން، ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ - /5000ރ، ކްލާކާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ބަލައިގެން ކިޔެވުމުންނާއި ނުބަލައި ކިޔެވުމުން، މުޅި މުބާރާތުން:
1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
* ޤުރުއާން މުބާރާތުގެ ކޮންމެ ޢުމުރުފުރާއަކުން ކޮންމެ ގޮތްޕަކުން އަދި މުޅި މުބާރާތުން 4 ވަނަ އަދި 5 ވަނަ އަށް ސެޓްފިކެޓް
މަދަޙަ މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ. ޢުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ. އެ ނޫން ކޮންމެ ޢުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. މި ދަރިވަރުންގެ ތެރެއިން، ކޮންމެ ޢުމުރުފުރާއަކުން، 1 ވަނަ، 2 ވަނަ ، 3 ވަނައާއި، ކޮންމެ ގްރޫޕަކުން 1 ވަނަ، 2 ވަނަ ، 3 ވަނައާއި، މުޅި މުބާރާތުން 1 ވަނަ، 2 ވަނަ، 3 ވަނަ، ހޮވޭނެއެވެ.
މި މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
މުބާރާތުގެ ކޮންމެ ޢުމުރުފުރާއަކުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ - /5000ރ، ކްލާކާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ސީނިޔަރ ގްރޫޕާއި ޖޫނިޔާރ ގްރޫޕުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ - /5000ރ، ކްލާކާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ދެ ގްރޫޕު އެއްކޮށް، މުޅި މުބާރާތުން:
1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
* މަދަޙަ މުބާރާތުގެ ކޮންމެ ޢުމުރުފުރާއަކުންނާއި ކޮންމެ ގްރޫޕަކުން އަދި މުޅި މުބާރާތުން 4 ވަނަ އަދި 5 ވަނަ އަށް ސެޓްފިކެޓް ދޭން ހަމަޖެހިފައިވާ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
މި ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން 02 ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން، 8 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 14.00 ގެ ނިޔަލަށް https://participate.malecity.gov.mv/ މި ލިންކުން އެޕްލިކޭޝަން ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

2 މަސް ކުރިން
3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-fa41261d.jpg)
4 މަސް ކުރިން

4 މަސް ކުރިން